ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރާ ބިލު އިތުރަށް ދިރާސާކުރަން ކޮމިޓީއަށް
މަޖިލިހުގެ ޖުޑިޝަރީ ކޮމެޓީ / ފޮޓޯ : މަޖިލިސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރާ ބިލު އިތުރަށް ދިރާސާކުރަން ކޮމިޓީއަށް

1 year ago - 13:19
Mar 17, 2025 - 13:20
Advertisement
Advertisement

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ ބިލު އަނެއްކާވެސް އިތުރަށް އިސްލާހުކުރުމަށް ޖުޑިޝިއަރީ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

ރައީސް މުޙައްމަދު މުޢިއްޒު މި ބިލާމެދު އަލުން ވިސްނުމަށް އެދި މަޖިލީހަށް ފޮނުއްވުމާ ގުޅިގެން، މިއަދުގެ މަޖިލިސް ޖަލްސާގައި އެ ބިލަށް އަނެއްކާވެސް ވަނީ ބަހުސްކުރައްވާފައެވެ.

އެގޮތުން ބައެއް މެންބަރުން ވަނީ މި ބިލަކީ ޤާނޫނުއަސާސީއާ ޚިލާފު ބިލެއް ކަމަށް ބުނެ، މަޖިލީހުގެ ތަޅުމުން ބޭރުކުރުމަށް ގޮވާލާފައެވެ. ނަމަވެސް ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙު ހުށަހެޅުއްވީ ބިލު އަލުން ކޮމިޓީއަށް ފޮނުވުމަށެވެ.

މި ހުށަހެޅުމަށް ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 50 މެންބަރުން ވަނީ ބިލު ކޮމިޓީއަށް ފޮނުވުމަށް ތާއީދުކުރައްވާފައެވެ. ދެކޮޅަށް ވޯޓުދެއްވީ 7 މެންބަރުންނެވެ.

މިގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ ބިލު އިތުރަށް ދިރާސާކުރުމަށް އަނެއްކާވެސް ޖުޑިޝިއަރީ ކޮމިޓީއަށް ފޮނުވުމަށް ވަނީ ފާސްކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement