ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނައިބުރައީސް އިސްތިއުފާ ދެއްވައިފި
އިސްތިއުފާދެއްވި ފަޒީން ކޮމިޝަންގެ ބައްދަލުވުމެއްގައި: ފޮޓޯ-ބްރޯޑްކޮމް

ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނައިބުރައީސް އިސްތިއުފާ ދެއްވައިފި

1 year ago - 11:27
Mar 17, 2025 - 11:30
Advertisement
Advertisement

ޖިންސީ ފުރައްސާރައިގެ މައްސަލައެއް ބަލަމުން ދަނިކޮށް, މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނައިބުރައީސް މުޙައްމަދު ފަޒީން އިސްތިއުފާ ދެއްވައިފިއެވެ.

ފަޒީން އިސްތިއުފާ ދެއްވީ އޭނާ ކޮމިޝަންގެ މެމްބަރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފާސްކޮށް, އެގޮތަށް މަޖިލިހުގެ ތަޅުމަށް ހުށަހަޅާފައިވަނިކޮށެވެ. ފަޒީންގެ މައްޗަށް ކުރެވެނީ ކޮމިޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރަމުން ދިޔަކަމުގެ ތުހުމަތެވެ. އެމައްސަލަ މުވައްޒަފު ވަނީ ރައްޔިތުންގެ މަޖިލިހާއި, ކޮމިޝަނަށްވެސް ހުށަހަޅާފައެވެ.

މިމައްސަލާގައި ކޮމިޝަންގެ މެމްބަރުންނާއި, ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ މުވައްޒަފުވެސް މަޖިލިހުގެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައި ވެއެވެ.

ފަޒީން ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަންކުރެއްވީ 2021 ވަނަ އަހަރުގެ މާރިޗް މަހުގެ 7 ވަނަ ދުވަހުއެވެ. ނައިބުރައީސް ކަމަށް އިންތިޚާބުކުރެއްވީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement