ލެސްޓަރ ސިޓީގެ މައްޗަށް ޔުނައިޓަޑުން ހޯދި ކާމިޔާބީއަށް ފަހު ފާޑުކިޔުންތެރިންނަށް ބްރޫނޯގެ ރައްދެއް!
ރޭގެ މެޗުން މޮޅުވުމަށްފަހު ބްރޫނޯ ޔުނައިޓަޑްގެ ކުޅުންތެރިނާއެކު އުފާފާޅުކުރަނީ

ލެސްޓަރ ސިޓީގެ މައްޗަށް ޔުނައިޓަޑުން ހޯދި ކާމިޔާބީއަށް ފަހު ފާޑުކިޔުންތެރިންނަށް ބްރޫނޯގެ ރައްދެއް!

7 hours ago - 10:11
Mar 17, 2025 - 10:28

"އަހަރެން ކަން ކުރަނީ އަހަރެންގެ ގޮތުގައި" ކަމަށް ބުނެ ރޭ މެންޗެސްޓަރ ޔުނައިޓަޑްއިން 3-0 ން ލެސްޓރަ ސިޓީގެ މައްޗަށް ކުރިހޯދި މެޗަށްފަހު ބްރޫނޯ ފެނާންޑޭޒް އޭނާއަށް ފާޑުކިޔާ ފަރާތްތަކަށް ރައްދުދީފިއެވެ.

ހަފުތާއެއްގެ ތެރޭގައި ޔުނައިޓަޑަށް ފަސްވަނަ ގޯލް ކާމިޔާބުކޮށްދިން ބްރޫނޯ ވަނީ ރޭގެ މެޗުގައި ގޯލެއް ކާމިޔާބުކޮށްދީ އަނެއް ދެ ގޯލް ކާމިޔާބުކުރުމުގައިވެސް އެހީތެރިވެދީފައެވެ.

ޔުރޮޕާ ލީގުގައި ބުރާސްފަތި ދުވަހު 4-1 ން ރެއާލް ސޮސިއެޑާޑްގެ މައްޗަށް ކުރިހޯދި މެޗުގައި ބްރޫނޯ ވަނީ ހެޓްރިކް ހަދާފައެވެ. ކުއާޓަރ ފައިނަލްގައި މެންޗެސްޓަރ ޔުނައިޓަޑްއިން ނިކުންނާނީ ލިޔޯންއާ ދެކޮޅަށެވެ.

ޕްރިމިއަރ ލީގުގައި ރޭ ކިންގްސް ޕަވަރ ސްޕަރ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޔުނައިޓަޑްގެ ފުރަތަމަ ގޯލް މެޗުގެ 28 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ރަސްމުސް ހޮއިލުންޑް އެވެ. 57 ވަނަ މިނިޓްގައި އަލެހަންޑްރޯ ގަނާޗޯ ވަނީ ޔުނައިޓަޑަށް ލީޑު ފުޅާކޮށްދީފައެވެ. ދެ ގޯލް ޖެހުމަށްވެސް ފުރުޞަތު ތަނަވަސްކޮށްދިން ބްރޫނޯ, މެޗުގެ ފަހު ގޯލް ޔުނައިޓަށް ކާމިޔާބުކޮށްދިނީ 90 ވަނަ މިނިޓްގައި ޑިއޯގޯ ޑެލޮޓް ތަނަވަސްކޮށްދިން ފުރުޞަތުގައެވެ.

Advertisement
Advertisement

ބްރޫނޯގެ ރައްދު ބޮޑަށް އަމާޒުވަނީ އެ ކްލަބްގެ ސްކިޕަރ ރޯއީ ކައެން އަށެވެ. އޭނާވަނީ ފާއިތުވި މަހު ބްރޫނޯއަށް ރައްދުވާ ގޮތަށް "ހަމައެކަނި ހުނަރަކުން ނުފުދޭ' ކަމަށްބުނެ ފާޑިކިޔާފައެވެ.

"އަހަރެން ކަންކުރަނީ އަހަރެންގެ އަމިއްލަ ގޮތުގައި" މި ސީޒަންގައި ޔުނައިޓަޑަށް 16 ގޯލް ކާމިޔާބުކޮށް, 15 ލަނޑު ޖަހަން ފުރުޞަތު ތަނަވަސްކޮށްދިން 30 އަހަރުގެ ބްރޫނޯ މެޗަށްފަހު ބުނެފައި ވެއެވެ. އޭނާ ބުނީ އެޒާތުގެ ވާހަކަތައް އަޑުއިވުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށާއި, ނަމަވެސް އެފަދަ ވާހަކަތަކުން އަމިއްލަ ނަފްސަށް ޗެލެންޖްކުރަން ހިތްވަރުވެސް ލިބޭކަމަށެވެ. އަދި ރޯއީ އަށް އިހްތިރާމް ކުރާ ކަމަށާއި, އެކަންކަން އެނާ ނަގަނީ ޕޮޒިޓިވްކޮށް ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow