ފަހު ވަގުތު ފަހަތުން އަރާ އެތްލެޓިކޯ ބަލިކޮށް, ބާސެލޯނާއިން ތާވަލްގެ ކުރިއަށް
ބޭސެލޯނާގެ ކުޅުންތެރިން ތޭގެ މެޗުން ތިން ޕޮއިންޓް ހޯދުމަށްފަހު. ފޮޓޯ: ބާސެލޯނާ

ފަހު ވަގުތު ފަހަތުން އަރާ އެތްލެޓިކޯ ބަލިކޮށް, ބާސެލޯނާއިން ތާވަލްގެ ކުރިއަށް

7 hours ago - 09:41
Mar 17, 2025 - 10:26

ފަހަތުންއަރާ 4-2 ން އެތްލެޓިކޯ މެޑްރިޑް ބަލިކޮށް, ބާސެލޯނާއިން ލަލީގާ ތާވަލްގެ އެއްވަނައަށް ޖެހިލައިފިއެވެ.

މެޗުގެ 40 ވަނަ މިނިޓްގައި އެތްލެޓިކޯއަށް ލީޑު ނަގައިދިނީ ހޫލިއަން އަލްވަރޭޒް އެވެ. 70 ވަނަ މިނިޓްގައި އަލްކްސަންޑަރ ސޯލޮތް ކާމިޔާބުކޮށްދިން ގޯލާއެކު މެޗު ނިމެން ބާރަ މިނިޓަށް ވަންދެންވެސް ނަތީޖާ އޮތީ 2-0 ން އެތްލެޓިކޯ ކޮޅަށެވެ.

ބާސެލޯނާގެ ފުރަތަމަ ގޯލް 72 ވަނަ މިނިޓްގައި ރޮބާޓް ލެވަންޑޮސްކީ ކާމިޔާބުކޮށްދިނީ އިނީގޯ މާޓިނޭޒް ތަނަވަސްކޮށްދިން ފުރުޞަތުގައެވެ މެޗުގެ ނަތީޖާ ބާސެލޯނާ ކޮޅަށް އަނބުރާލުމުގައި 67 ވަނަ މިނިޓްގައި ކުޅެން ނިކުއިން ފެރަން ޓޮރޭސް ވަނީ  ބޮޑު ދައުރެއް އަދާކޮށްފައެވެ. ރަފީނިއާ ތަނަވަސްކޮށްދިން ފުރުޞަތުގައި މެޗުގެ 78 ވަނަ މިނިޓްގައި ބާސެލޯނާއަށް ނަތީ އެއްވަރުކޮށްދިނީ ފެރަން ޓޮރޭސް އެވެ.

މެޗުން ބާސެލޯނާ މޮޅުކޮށްދިން ގޯލް މެޗުގެ ފުރިހަމަ ވަހުތު ހަމަވެ އިތުރު ވަގުތުގެ ދެވަނަ މިނިޓްގައި ޕެޑްރީ ތަނަވަސްކޮށްދިން ފުރުޞަތުގައި ކާމިޔާބުކުރީ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލްއެވެ. މެޗުގައި ބާސެލޯނާގެ ހަތަރުވަނަ ގޯލް މެޗު ނިމުމުގެ ކުރިން އިތުރު ވަގުތުގެ އަށްވަނަ މިނިޓްގައި ކާމިޔާބުކުރީވެސް ޓޮރޭސްއެވެ. އެއީ ރަފީނިއާ ތަނަވަސްކޮށްދިން ފުރުޞަތުގައެވެ.

Advertisement
Advertisement

ރޭ އެތްލެޓިކޯގެ މައްޗަށް ހޯދި ބޮޑު މޮޅާއެކު ބާސާ އަށް ތާވަލްގެ ކުރި ލިބެނީ ދެވަނައިގައި އޮތް ރެއާލް މެޑްރިޑް އާއި ޕޮއިންޓްގެ ގޮތުން އެއްވަރުވެގެންނެވެ. ހަތަރު ޕޮއިންޓް މަދުކޮށް ތާވަލްޖެ ތިންވަނައިގައި އެތްލެޓިކޯ އޮތީ 56 ޕޮއިންޓާއެކުއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow