
ސިޓީގެ މޮޅާއެކު ގާޑިއޯލާގެ ޖަޒުބާތީ ވަގުތުކޮޅާއި އާދަޔާހިލާފް ސެލެބްރޭޝަން
ރޭ ޕްރިމިއަރ ލީގުގައި އެސްޓަންވިލާއަތުން ފަހުވަގުތު ހޯދި މޮޅާއެކު ކޯޗު ޕެޕް ގާޑިއޯލާ ޖަޒުބާތުގައި ޖެހި, އާދަޔާހިލާފަށް ވަނީ ސެލެބްރޭޓްކޮށްފައެވެ. އާންމު ގޮތެއްގައި އުފާފާޅުކުރުމާ ތަފާތުކޮށް ގާޑިއޯލާ ވަނީ ދެއަތް މުއްކަވާ ބާރަށް ހަޅޭއްލަވާފައެވެ. 1-2 ން ސިޓީ މޮޅުވީ މެޗުގެ އިތުރު ވަގުތުގައި މެތިއުސް ނުނޭޒް ކާމިޔާބުކޮށްދިން ގޯލާއެކުއެވެ.
94 ވަނަ މިނިޓްގައި ނުނޭޒްގެ ގޯލާއެކު ވިލާގެ ކުޅުންތެރިން ދަނޑުމައްޗަށް ތިރިވިއިރު ކޯޗު އުނެއި އެމެރީ އަށް ދެއަތުގެ ތެރޭގައި މޫނު ފޮރުވާލެވުނެވެ. އަނެއްކޮޅުން ސިޓީގެ ކޯޗު ގާޑިއޯލާ ވަނީ ކާމިޔާބީގެ ދެއަތް މުއްކަވާ އުފަލާއެކު ބާރަށް ހަޅޭއްލަމުން ދެކޮޅަށް ދުވާތަން ފެނެއެވެ. ގާޑިއޯލާ ވަނީ ނުނޭޒްގެ ގައިގާ ބައްދާލާ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.
ތާވަލްގެ ތިންވަނައިގައި ސިޓީ މިހާރު އޮތީ 61 ޕޮއިންޓާއެކުއެވެ. އެއީ ވިލާ އަދި ޗެލްސީއަށްވުރެ ސާފު ހަތަރު ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. އޭގެން ކޮންމެ ކްލަބަކަށް މިހާރު ބާކީ އޮތީ އެންމެ މެޗެކެވެ.
"އަހަރެން މިހުރީ ވަރަށް އުފާވެފަ. ފަހު ހަތަރު މެޗު ދެން މިއޮތީ ޗެޕްމިއަންސް ލީގުގެ ޖާގަ ކަށާވަރުކުރަން. އެސްޓަންވިލާއަކީ ޔޫރަޕްގެ ގަދަ ބާރެއް. އެންމެ ފަހު މީހާ އާ ހަމައަށްވެސް އެމީހުން ކުޅޭނެ" ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ އިތުރަށްބުނީ ފުޓްބޯޅަ އަކީ ޖަޒުބާއެއް ކަމަށާއި, ފޭނުންނާއި ކުޅުންތެރިންނަށްވެސް ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ވަރަށް ޕްރެޝަރޔ ބޮޑުކަމަށެވެ.
ރޭގެ މެޗުގައި ލީޑު ނެގީވެސް ސިޓީއެވެ. ހަތްވަނަ މިނިޓްގައި ސީޓިގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ ބެނާޑޯ ސިލްވަރ އެވެ. ނަމަވެސް 18 ވަނަ މިނިޓްގައި ވިލާއަށް ލިބުނު ޕެނަލްޓީ މާކަސް ރަޝްފޯޑް ކާމިޔާބުކޮށް ވަނީ ވިލާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މެޗު ނިމެންދަނިކޮށް އިތުރުވަގުތުގެ ހަތަރުވަނަ މިނިޓްގައި ސިޓީ މޮޅުކޮށްދިން ގޯލް ކާމިޔާބުކުރީ މެތިއުސް ނުނޭޒްއެވެ. ޖެރެމީ ޑޮކޫގެ ހުރަސް ގޯލަކަށް ބަދަލުކޮށްލާ ގަދަ ފަހެއްގައި ނިންމާލެވެނެކަމުގެ ޔަޤީންކަން ސިޓީން ވަނީ ހޯދާފައެވެ.
މިއީ ސިޓީއަށް އުނދަގޫ ސީޒަނެކެވެ. އެހެންކަމުން ގާޑިއޯލާގެ މި ސެލްބްރޭޝަން އަކީ އެކަމަށް ހެކިވާ ކަމަކަށްވެސް ވެދާނެއެވެ.
ރިއެކްޝަންސް






