އެންމެފަހުން ނިއުކާސަލްއިން އިސާކް ލިވަޕޫލަށް ވިއްކާލަން އެއްބަސްވެއްޖެ: މަސްދަރު
އިސާކް. ނިއުކާސަލް އިން އެންމެ ފަހުން ގޮތް ދޫކޮށް އޭނާވިއްކާލަން ވަނީ އެއްބަސްވެފައި. ފޮޓޯ: ލިވަޕޫލް

އެންމެފަހުން ނިއުކާސަލްއިން އިސާކް ލިވަޕޫލަށް ވިއްކާލަން އެއްބަސްވެއްޖެ: މަސްދަރު

6 hours ago - 12:27
Sep 1, 2025 - 12:38

އިނގިރޭސި ރެކޯޑް ފީއަކަށް ނިއުކާސަލްގެ އަލެކްސަންޑަރ އިސާކް ވާދަވެރި ލިވަޕޫލަށް ވިއްކާލަށް އެންމެފަހުން އެ ކްލަބުން އެއްބަސްވެއްޖެކަމަށް ރިޕޯޓްތައް ބުނެފިއެވެ. 

ފާއިތުވި ސީޒަންނގައި ޕްރިމިއަރ ލީގު އުފުލާލި ލިވަޕޫލްއިން އިސާކް ގަތުމަށް 170 މިލިއަން ޑޮލަރުގެ އަގަކަށް މިހާރު އެއްބަސްވެފައިވާކަމަށްވެސް މަސްދަރުތަކާ ހަވާލާދީ ކުޅިވަރުގެ ހަބަރުތައް ގެނެސްދޭ އީއެސްޕީއެންގައި ރިޕޯޓްކޮށްފައި ވެއެވެ. ހޯމަ ދުވަހު 7 ޖަހާއިރު ޓްރާންސްފަރގެ ދޮރު ބަންދުވުމުގެ ކުރިން ސްވިޑެންގެ ސްޓްރައިކަރު ލިވަޕޫލްއަށް ބަދަލުވުމުގެ ކުރިން ފުރިހަމަ ކުރާ މެޑިކަލްވެސް ކުރިއަށްގެންދާނެ ކަމަށް މިހާރު ވަނީ މައުލޫމާތު ލިބިފައެވެ.

މިއާއެކު މި ހޫނު މޫސުމުގައި އެންމެ ބާރުލާފައި ދެކެވުނު ކުޅުންތެރިން ގަނެވިއްކުމުގެ ބާބާއެކު ޓްރާންސްފަރގެ ދޮރުވެސް ބަންދުވީއެވެ. 

25 އަހަރުގެ އިސާކް ނިއުކާސަލްއާއެކު ޕްރީސިޒަން ޓުއާގައި ވެސް ބައިވެރިވެފައި ނުވެއެވެ. އަދި މިސީޒަންގައި ނިއުކާސަލް އިން ކުޅުނު އެއްވެސް މެޗަކުންވެސް ފެނިގެން ގޮސްފައެއް ނުވެއެވެ. 

Advertisement
Advertisement

މިމަހު ކުރީކޮޅު އިސާކްގެ ފަރާތުންވަނީ ހޫނު މުސުން ނިމުމުގެ ކުރިން ނިއުކާސަލް ދޫކޮށްދާން ބޭނުންވާކަމަށް ބުނެ ޖަޒުބާތީ ބަޔާނެއްވެސް ނެރިފައެވެ. އޭގައި ނިއުކާސަލް އިން "ވައުދު އުވާލީ" ކަމަށްވެސް އޭނާ ބުނެފައި ވެއެވެ. 

މި ޓްރާންސްފަރ އާއެކު އިސާކް ވެގެންދާނީ ޕްރިމިއަރ ލީގުގެ އެންމެ އަގުބޮޑު ޓްރާންސްފަރ އަށެވެ. އެއީ 2023 ވަނަ އަހަރު ބްރައިޓަންއިން 115 މިިލިއަން  ޑޮލަރަށް ޗެލްސީއަށް ބަދަލުވި މޮއީސިސް ކެއިސީޑޯއަށްވުރެ 55 މިލިއަން ބޮޑު އަގެކެވެ.

މި ސިޒަނަށް ލިވަޕޫލް އިން ވަނީ ބަޔާން ލެވަކޫސަން އިން ފްލޯރިއަށް ވާޓްސް ގަތުމަށްވެސް ބޮޑު ހޭދައެއް ކޮށްފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow