މިއަހަރުގެ އޮގަސްޓް މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިތުރު
ފަތުރުވެރިން އެންމެ ގިނައިން އަންނަނީ ރިސޯރޓްތަކަށް: ފޮޓޯ-ޙަފްޞީ

މިއަހަރުގެ އޮގަސްޓް މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިތުރު

މިދިޔަ އަހަރުގެ އޮގަސްޓަށްވުރެ %9 އިތުރު

5 hours ago - 12:56
Sep 1, 2025 - 12:57

މިދިޔަ އަހަރުގެ އޮގަސްޓް މަހަށްވުރެ މިއަހަރުގެ އޮގަސްޓް މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުކަން ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާބެހޭ ވުޒރާގެ ހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮގަސްޓް މަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %9 އިތުރެވެ. ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ އޮގަސްޓް މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 192000 އަށްވުރެ މައްޗެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު ޒިޔާރަތްކުރީ 176,175 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް 1.49 މިލިއަން ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. ދުވާލެއްގެ މައްޗަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ހުރީ 6000 ން މަތީގައެވެ.

އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ. ދެވަނައިގައި އޮތީ ރަޝިޔާއެވެ. ތިންވަނައިގައި އިނގިރޭސި ވިލާތެވެ. އޭގެ ފަހަތުން އޮތީ އޮޓަލީ އާއި ޖަރުމަނާއި އިންޑިޔާއެވެ.

Advertisement
Advertisement

ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2.5 މިލިއަނަށް އެރުވުމެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow