ފަޅެއްގައި އަޅާފައި އޮތް މަންޓާ އެއަރގެ ސީޕްލޭނަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ފަޅެއްގައި އަޅާފައި އޮތް މަންޓާ އެއަރގެ ސީޕްލޭނަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މާލެ އަތޮޅުގެ ފަޅެއްގައި އަޅާފައި އޮތް މަންޓާ އެއަރގެ ސީޕްލޭނަކަށް ބޮޑެތި ގެއްލުންތަކެއްވެއްޖެ

9 months ago - 14:36
Jan 12, 2024 - 15:29

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، މާލެ އަތޮޅުގެ ފަޅެއްގައި އަޅާފައި އޮތް މަންޓާ އެއަރގެ ސީޕްލޭނަކަށް ބޮޑެތި ގެއްލުންތަކެއްވެއްޖެއެވެ.

ނިއުސްއަށް މައުލޫމާތު ދެއްވަމުން މަންޓާ އެއަރއިން ވިދާޅުވެފައިވަނީ، މި ޙާދިސާ ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހުކަމަށެވެ. އަދި ސީޕްލޭނަށް ގެއްލުން ވެފައިވަނީ ފަޅުގައި އަޅާފައި އޮއްވާ ކަނޑުގަދަވުމުގެ ސަބަބުން ޕްލެޓް ފޯރމުގައި އައްސާފައި އޮތް ވާގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުންކަމަށެވެ.

"މިއީ މިދިޔަ ބުދަ ދުވަހު ހިނގި ކަމެއް. ބޯޓް އަޅާފައި އޮތް ޕްލެޓް ފޯރމްއިން ކަނޑައިގެން ގޮސްގެން ބޯޓް ހަލާކުވެފައި ވަނީ. އެއްވެސް ހާލެއްގައި ތަނެއްގައި ޖެހިގެނެއް ނޫން. މި ކަހަލަ ކަންކަން ބައެއް ފަހަރު ދިމާވޭ މަދު މަދުން" މަންޓާއިން ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުން ސީޕްލޭންގެ ކުރީކޮޅު އެއްކޮންހެން ކަހަލަ ގޮތަކަށް ވަނީ ބޭނުން ނުކުރެވޭވަރަށް ހަލާލުވެފައެވެ.

Advertisement

މަންޓާއިން މައުލޫމަތުދިންގޮތުގައި  މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވެފައި ނުވޭއެވެ. އަދި ވިއްސާރައާއި ގަދަވައިގެ ސަބަބުން ހަލާކުވި ބޯޓު މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow