
ޓޮޓެންހަމްގެ އާ ކޯޗަކަށް ތޯމަސް ފްރޭންކް
ޓޮޓެންހަމް ހޮޓްސްޕަރ ގެ އާ ކޯޗަކަށް ބްރެންޓްފޯޑްގެ ކުރީގެ ކޯޗު ތޯމަސް ފްރޭންކް ހަމަޖައްސައިފިއެވެ. 17 އަހަރުގެ ތެރޭގައި ޓޮޓެންހަމްއަށް ފުރަތަމަ ތަށި ހޯދައިދިން ކޯޗު އަންގް ޕޮސްޓެކޮގްލޫ މަޤާމުން ވަކިކުރީ ފާއިތުވި ހަފުތާގެ ތެރޭގައެވެ.
ތިން އަހަރުގެ އެއްބަސްވުމެއްގައި ފްރޭންކާ އާއެކު ސޮއިކުރިކަން ޓޮޓެންހަމްއިން އިއުލާންކުރީ އިއްޔެއެވެ.
ކުރިންވެސް ޓޮޓެންހަމްގެ ކޯޗަކަށް އަންނާނެކަމަށް އެންމެ ބޮޑަށް ބެލެވުނު 51 އަހަރުގެ ފްރޭންކް 2018 ން ފެށިގެން އަންނަނީ ބްރެންޓްފޯޑަށް ކޯޗުކޮށްދެމުންނެވެ.
ކުރީގެ ކޯޗު ޕޮސްޓެކޮގްލޫ މަޤާމުން ވަކިކޮށްފައިވަނީ ބިލްބާއޯގައި އޮތް ޔުރޮޕާ ލީގު ފައިނަލްގައި މެންޗެސްޓަރ ޔުނައިޓަޑް 1-0 ން ބަލިކޮށް ޔުރޮޕާ ލީގު ޓޮޓްނަމްއަށް އުފުލާލަދިންތާ 16 ދުވަސް ފަހުންނެވެ. ނަމަވެސް ޕްރިމިއަރ ލީގުގައި ޓޮޓެންހަމް ގެ ނަތީޖާ ދަށްވެ މިކާމިޔާބީގެ ކުލަ ވަނީ ފަނޑުވެފައެވެ. އޭނާއަށް މަޤާމް ގެއްލުނީވެސް ޕްރިމިއަރ ލީގުގައި އެދެވޭ ނަތީޖާއެއް ނުނެރެވުމުންނެވެ.
"ތޯމަސް އާއެކު އަހަރެމެންގެ މިހާރު މިތިބީ. މިއީ އެންމެ ފުޓްބޯޅައިގައި އެންމެ އުފައްދުންތެރި އެންމެ ކުރިއަރާ ކޯޗެއް. ކުޅުންތެރިއެއްގެ ގޮތުގައިވެސް އަދި ސްކޮޑް ތަރައްޤީ ކުރުމުގެ ގޮތުންވިއަސް. ފްރޭންކް އާއެކު އަންނަ ސީޒަން ކާމިޔާބުކުރުމަށް އަހަރެމެން މިދަނީ ތައްޔާރުވަމުން" ޓޮޓެންހަމް އިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ޑެންމާކުގެ ކޯޗުގެ އިރުޝާދުގެ ދަށުން ބްރެންޓްފޯޑުން ފާއިތުވި 7 އަހަރު ވަނީ ޕްރިމިއަރ ލީގުގައި ރަނގަޅު މަޤާމެއް ދަމަހައްޓާފައެވެ.
ރިއެކްޝަންސް






