
އިޒްރާއިލްއިން އީރާނަށް ދިން ހަމަލާތައް ރައީސް ޑރ. މުއިއްޒު ކުށްވެރިކުރައްވައިފި
އިޒްރާއިލް ރޭ އިން އީރާން އަށް ދިން ހަމަލާތައް ދިވެހިރާއްޖެއިން ކުށްވެރިކޮށްފިއެވެ. އެކްސް ގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އިޒްރާއިލްއިން އިސްލާމިކް ރިޕަބްލިކް އޮފް އީރާނަށް ދިން ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.
"އެފަދަ ކަންކަމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ހިލާފްވުމުގެ ސީރިއަސް އަމަލެއް. އަދި ސަރަހައްދީ ސުލްހަ އާއި މަސަލަސްކަމަށް ހުރަސް އެޅިގެންދާކަމެއް" ރައީސް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައި ވެއެވެ.
ރައިސް ވަނީ ދެފަރާތުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ދިގުދެމިގެން ނުދިއުމަށް އަވަސް ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ވިދާޅުވެފައެވެ.
އިޒްރާއިލްއިން އީރާނަށް ދިން ވަރުގަދަ ހަމަލާތަކުގައި އީރާނުގެ ނިއުކްލިއަރ ސައިންޓިސްޓުންނާއި ސިފައިންގެ ކޮމާންޑަރުން ޝަހީދުވިކަން ޔަޤީންކޮށްދެއްވައި ޔޫހާނީ ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީ ވަނީ އެކަމުގެ ބަދަލު އިޒްރާއިލްގެ ކިބައިން ވޭންދެވިނި ގޮތަކަށް ހިފާނެކަމަށް ވިދާޅުވެފައެވެ.
އީރާނުން ވަނީ ފުރަތަމަ ރައްދު ހަމަލާގެ ގޮތުގައި އިޒްރާއިލްއަށް 100 ޑްރޯން ހަމަލާ ފޮނުވާލާފައެވެ.
އިޒްރާއިލްގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ އީރާނުގެ މިސައިލް ފެކްޓްރީ ތަކަށާއި ނިއުކްލިއަރ ހަތިިޔާރު ހުރި ތަންތަނަށް ކަމަށް އިޒްރާއިލްއިން ބުނި ނަމަވެސް އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ވެރިރަށް ތެޙްރާންގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓްތަކަށް އިޒްރާއިލްގެ ހަމަލާތަކުގައި ވަނީ ބޮޑެތި ގެއްލުން ލިބިފައެވެ.
ރިއެކްޝަންސް






