
މާލޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީފި
މާލޭގައި ބަންގްލަދޭޝް ރައްޔިތަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ އެމައްސަލަ އެއިދާރާއަށް ރިޕޯރޓް ކުރީ ރޭ 3:10 ހާއިރު ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ މާލޭގެ ޝަހީދު ކުޑަނެވި ތުއްތު މަނިކު ހިނގުމުގެވެ. ފުލުހުން ވިދާޅުވީ މި ހާދިސާގައި އަނިޔާ ލިބުނު ބަނގްލަދޭޝް ފިރިހެން މީހާ މިހާރުވަނީ އިތުރު ފަރުވާ ދިނުމަށްޓަކައި އައިޖީއެމްއެޗަށް ގެންގޮސްފައިކަމަށެވެ. މައުލޫމާތުލިބޭ ގޮތުގައި މިއީ ދިވެހިންގެ ބަޔަކާ ބިދޭސީންގެ ބަޔަކާ ދެމެދު ހިނގި ހަމަނުޖެހުމެކެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ރިއެކްޝަންސް






