މައްސަލަ ހައްލުކޮށް މުޅި މާލެ  އާއި ހުޅުމާލެ އަށްވެސް ކަރަންޓް ދީފި
ކަރަންޓް ނެތި ފަސް ގަޑިއެއްހާއިރު ހޭދަކުރަން ޖެހުނު

މައްސަލަ ހައްލުކޮށް މުޅި މާލެ އާއި ހުޅުމާލެ އަށްވެސް ކަރަންޓް ދީފި

2 days ago - 19:01
Jun 1, 2025 - 19:01
Advertisement
Advertisement

މައްސަލަ ހައްލުކޮށް މުޅި މާލެ އާއި ހުޅުމާލެ އަށް ކަރަންޓް ދީފިއެވެ. މިއަދު މެންދުރު މުޅި މާލެ އާއި ހުޅުމާލެއިން ކަރަންޓްގެ ޚިދުމަތް ކެނޑި, މާލެ އަށް އަލުން ޚިދުމަތް ދެވުނީ ފަސްގަޑިއެއްހާ އިރު ފަހުންނެވެ.

މިރޭ އިރުއޮއްސި 6:33 ގައި ސްޓެލްކޯއިން ބުނީ މާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ ކަރަންޓުދެވިފައި ކަމަށެވެ. އޭގެފަހުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑަށް ކުރިމަތިވެފައިވާ މައްސަލަ މިހާރު ހައްލުކުރެވި، މާލެ އާއި ހުޅުމާލެއަށް ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދެވިފައިވާ ކަމަށެވެ. ކަރަންޓު އަލުން ދިނުމަށްޓަކައި ސްޓެލްކޯގެ މުވައްޒަފުންނާއި، އެކި ގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށް ޝުކުރު ދަންނަވަމުން ވިދާޅުވީ މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.

"އަދި މީގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވި އުނދަގޫތަކަށް މަޢާފަށް އެދެން. އަދި މިއަދު ގްރޭޓާމާލެ ގްރިޑް ބްލެކްއައުޓަކަށް ދިއުމަށް މެދުވެރިވި ސަބަބު ދެނަގަނެ އެކަމާއި ގުޅުންހުރި މައުލޫމާތު ފަހުން އާންމު ކުރާނެ ކަމުގެ ޔަގީންކަން އަރުވަން." ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯއިން ވަނީ އެއްވެސް ސަރަހައްދެއްގައި ކަރަންޓުގެ ހިދުމަތް ނުލިބޭ ކަސްޓަމަރެއް ހުރިނަމަ އެކުންފުނީގެ އެމަރޖެންސީ ނަންބަރު 104 އަށް ގުޅުމަށް އެދިފައެވެ.

Advertisement
Advertisement

ސްޓެލްކޯއިން ބުނީ ކަރަންޓްގެ ޚިދުމަތް މެދުކެނޑުނު ނަމަވެސް އިކްއިޕްމަމްޓްސްއަށް ބޮޑު ގެއްލުމެއް ލިބިފައި ނުވާކަމަށެވެ. އަދި ގްރިޑްގެ ބަޔަކަށްވެސް ބޮޑު ގެއްލުމެއް ނުވާކަމުގެ ޔަގީންކަން ސްޓެލްކޯއިން ދިނެވެ.

މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓް ކެނޑުނީ މިއަދު މެންދުރު 12:40 ގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement