އަތޮޅުތެރޭގެ ތިން ފުރޮޅުލީ އުޅަނދުތައް ރަޖިސްޓްރީކުރަން ބޮޑު ލުޔެއް

އަތޮޅުތެރޭގެ ތިން ފުރޮޅުލީ އުޅަނދުތައް ރަޖިސްޓްރީކުރަން ބޮޑު ލުޔެއް

23 hours ago - 08:30
Advertisement
Advertisement

އަތޮޅުތެރޭގެ ރަށްރަށުގައި ބޭނުންކުރާ ދެ ކެޓަގަރީއެއްގެ އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ބޮޑެތި ލުއިތަކެއް ދީފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ތަފާތު އެކި ސަބަބުތަކާ ހުރެ އަތޮޅުތެރޭގައި ދުއްވާ ބައެއް އުޅަނދުތައް ރަޖިސްޓްރީ ނުކުރެވި ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. ޚާއްސަކޮށް، ރަޖިސްޓްރީކުރަން ބޭނުންވާ މުހިންމު ލިޔެކިޔުންތައް ވެރިފަރާތްތަކުގެ އަތުގައި ނެތުމުގެ ސަބަބުން ކުރިމަތިވާ ތަކުލީފުތަކަށް ލުއި ދިނުމަށް މިހާރު ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމައިފައެވެ.

މި ނިންމުމުގެ ދަށުން ގެނައި މުހިންމު ބަދަލުތައް:

  • އަމިއްލަ ނަމުގައި ރަޖިސްޓްރީކުރުން: މީހުންނާއި މުދާ އުފުލުމަށް ބޭނުންކުރާ C3 އަދި C4 ކެޓަގަރީގެ ތިން ފުރޮޅުލީ އުޅަނދުތައް (ބަގީ އަދި ރަށު ޕިކަޕު ފަދަ ތަކެތި) އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން އަމިއްލަ ބޭނުމަށް ރަޖިސްޓްރީ ކުރެވޭ ގޮތަށް މިހާރު ވަނީ ގިންތިކޮށްފައެވެ. އެހެންކަމުން އެފަދަ އުޅަނދުތައް އަމިއްލަ ފަރުދުންގެ ނަމުގައި މިހާރު ރަޖިސްޓްރީ ކުރެވޭނެއެވެ.
  • ފީތައް މާފުކުރުން: ކުރިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުތައް ރަޖިސްޓްރީކުރުމުގައި ދައްކަންޖެހޭ ފީތައް ވަނީ މާފުކޮށްދީފައެވެ.
  • ރޯޑްވާދިނަސް އޮތް ނަމަ ރަޖިސްޓްރީ ކޮށްދިނުން: އެތެރެކުރިތާ ގިނަ ދުވަސްވުމުގެ ސަބަބުން ނުވަތަ ރަޖިސްޓްރީކުރުން ލާޒިމުވުމުގެ ކުރިން ރާއްޖެ އެތެރެކޮށްފައިވާ އުޅަނދުތަކުގެ ލިޔެކިޔުން ގެއްލިފައިވީ ނަމަވެސް، އެ އުޅަނދެއްގެ ރޯޑްވާދިނަސް ލިޔުމަށް ބަލައިގެން ރަޖިސްޓްރީކޮށްދިނުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement