ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް ދާ ފަރާތްތަކަށްދޭ ޑޮލަރު  1000 އަށް އިތުރުކުރަނީ
އެބަދަލުތައް ގެންނެވުމަށް ރައީސް ވަނީ އެދިވަޑައިގެންފަ

ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް ދާ ފަރާތްތަކަށްދޭ ޑޮލަރު 1000 އަށް އިތުރުކުރަނީ

9 months ago - 19:05
Jul 21, 2025 - 20:30
Advertisement
Advertisement

‏އަމިއްލަ ޚަަރަދުގައި ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް ދާ ފަރާތްތަކަށްވެސް 1000 ޑޮލަރު ލިބޭނެ ގޮތް ހަމަޖައްސަން ކަމާގުޅުންހުރި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގަވައިފިއެވެ.

މިރޭ ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ އަމިއްލަ ޚަަރަދުގައި ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް ދާ ފަރާތްތަކަށް އޮގަސްޓް 1 ން ފެށިގެން 1000 ޑޮލަރު ބޭންކުތައް މެދުވެރިކޮށް ހަމަޖެއްސުމަށް ކަމާބެހޭ ފަރާތްތަކަށް ވާނީ ދަންނަވާފައިކަމަށެވެ. މިހާރު ލިބެނީ 500 ޑޮލަރެވެ.

ރައީސް ވިދާޅުވީ ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށްދާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން، މިހާރުވެސް އާސަންދަ ޕޭޝަންޓުންނަށް ބޭންކު މެދުވެރިކޮށް 2000 ޑޮލަރާ ހަމައަށް ލިބޭ ފަދައިން،  1 އޮގަސްޓު 2025 އިން ފެށިގެން އެންސްޕާ ޕޭޝަންޓުންނަށްވެސް ބޭންކުތަކުން 2000 ޑޮލަރާ ހަމައަށް ޑޮލަރު ލިބޭނެ ގޮތް ހަމަޖެއްސުމަށްވެސް ދަންނަވާފައިވާ ކަމަށެވެ.

މިފަދަ ނިންމެވުމެއް މިނިންމަވަނީ ޑޮލަރުގެ އަގު ބޮޑުވުމުގެ ޝަކުވާއާއި ކަންބޮޑުވުން ބޮޑުވެފައި ވަނިކޮށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement