
އުއްތަމަފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
އުއްތަމަފަނޑިޔާރުކަމަށް ކުރިމަތިލާން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފިއެވެ. އުއްތަމަފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލީ އެމަގާމްގައި މިއަދާ ހަމައަށް ހުންނެވި އަލްއުސްތާޛު އަހުމަދު މުއުތަސިމް އަދުނާނު ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރެއްވުމާ ގުޅިގެންނެވެ.
އުއްތަމަފަނޑިޔާރުކަމަށް ކުރިމަތިލުމަށް ދީފައިވާ ސުންގަޑިއަކީ މިމަހުގެ 29 ވަނަ ދުވަހުގެ 12:00 އެވެ. ފަހިރެސް ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ އިތުރުން ހާޑްކޮޕީ ހުށަހަޅައިގެންވެސް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އުއްތަމަ ފަނޑިޔާރުގެ ޝަރުތުތަކުގެ ތެރޭގައި ތައުލީމާއި ތަޖުރިބާގެ އިތުރުން 30 އަހަރު ފުރިފައިވުން ހިމެނެއެވެ.
އުއްތަމަފަނޑިޔާރު އިސްތިއުފާ ދެއްވުމުން އެމަސްއޫލިއްޔަތު މިހާރު ހަވާލުކޮށްފައިވަނީ ފަނޑިޔާރު އަބްދުالله ހަމީދު އާއެވެ.
ރިއެކްޝަންސް






