
މަސްތުގެ ހާލަތުގައި ހުރެ, ހަޑިހުތު ބަހުން ވާހަކަ ދައްއްކާ ދިރިއުޅޭ ގޭގެ ކޮޓަރިއެއްގައި ރޯކޮއްލި މީހަކު ހައްޔަރުކޮށްފި
މަސްތުގެ ހާލަތުގައި ހުރެ, ހަޑިހުތު ބަހުން ވާހަކަ ދައްއްކާ ދިރިއުޅޭ ގޭގެ ކޮޓަރިއެއްގައި ރޯކޮއްލި މީހަކު އދ.އޮމަދޫން ހައްޔަރުކޮށްފި އެވެ. މިމައްސަލާގައި ހައްޔަރުކުރީ އެރަށު ސްޓެއްލާ 32 އަހަރުގެ އަހުމަދު ނާފިއު އެވެ.
ފުލުހުން ވިދާޅުވީ އަލިފާން ރޯކޮށްލި ނަމަވެސް މީހާއަށް އަނިޔާއެއް ނުވާކަމަށެވެ. ނަމަވެސް ކޮޓަރީގައި ހުރި ގިނަ އަދަދެއްގެ ތަކެތި ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިހާދިސާ ހިނގީ ރޭގެ ވަގުތެއްގައެވެ.
ފުލުހުން ވިދާޅުވީ މަސްތުގެ ހާލަތުގައި ކަމަށް 'ތުހުމަތު' ކުރެވޭ ހާލަތުގައި ގޭގައި ހުރެ ނާފިއު އަޑުގަދަކޮށް, ހަޑިހުތުރު ބަހުން މުއާމަލާތްކޮށް ތަކެއްޗަށް ގެއްލުންދެމުން ދިޔަކަމަށެވެ.
ފުލުހުން ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ރިއެކްޝަންސް






