
ބ.އަތޮޅުގައި އާރުޓީއެލް ފަށައިފި
ބ.އަތޮޅުގެ 13 ރަށް ވަނީ ގުޅާލާފައި
ބ.އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް ފަށާ, އެއަތޮޅުގައި އޮތް މީހުން ދިރިއުޅޭ 13 ރަށް ގުޅާލައިފިއެވެ.
މިއަދު ޚިދުމަތް ފަށާ އޮގަސްޓް 3 ގެ ނިޔަލަށް އާރުޓީއެލްގެ ޚިދުމަތް ބ.އަތޮޅުގައި ހިލޭ ބޭނުން ކުރެވޭނެއެވެ. އެއީ ޚިދުމަތަށް އަހުލުވެރިވުމަށެވެ. ޓިކެޓް ނަގައިގެން ދަތުރު ކުރަން ފަށަނީ އޮގަސްޓް 4 ން ފެށިގެންނެވެ.
ބ.އަތޮޅުގައި ޚިދުމަތް ފެށުމާއެކު ޒޯން 2 ގެ ހުރިހާ އަތޮޅެއްގައި ޚިދުމަތް ފެށުނީއެވެ. އަދި ވަރަށް އަވަހަށް ޒޯން 2 ގެ ރަށްތައް އާރުޓީއެލްއިން ގުޅާލާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. މިހާތަނަށް 11 އަތޮޅެއްގައި ޚީދުމަތް ވަނީ ފަށާފައެވެ.
މި އަހަރު ޖުލައި މަސް ނިމުމުގެ ކުރީން ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފައްޓަވާނެ ކަމަށް، މިއަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޖޫން 26 ވަނަ ދުވަހު ވަނީ ޖުލައި 26 ވަނަ ދުވަހުވެސް އެވާހަކަ ތަކުރާރުކުރެއްވިއެވެ.
ރިއެކްޝަންސް






