ސްރީލަންކާގެ ރައީސް ރާއްޖެ ވަޑައިގެންފި
ސްރީލަންކާގެ ރައީސްއަށް މަރުހަބާ ވިދާޅުވީ ރައީސް ޑރ.މުއިއްޒު: ފޮޓޯ-ރައީސް އޮފީސް

ސްރީލަންކާގެ ރައީސް ރާއްޖެ ވަޑައިގެންފި

9 months ago - 09:24
Jul 28, 2025 - 09:24
Advertisement
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއްގައި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެ ރާއްޖެ ވަޑައިގެންފިއެވެ. މިއީ މިދިޔަ އަހަރު ސްރީލަންކާގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ޑިސަނަޔަކެ ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަޕޯރޓުން ލަންކާ ރައީސް ޑިސަނަޔަކެ އަށް މަރުހަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އެވެ. ލަންކާ ރައީސްއަށްވެސް ރާއްޖެއިން ކިޔާފައިވަނީ ރަތްދޫލައިގެ މަރުހަބާއެކެވެ. ސްރީލަންކާގެ ރައީސްއަށްވެސް ރާއްޖެ ވަޑައިގަތުމުގެ ދައުވަތު ދެއްވީ ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށެވެ. އަދި ރާއްޖެއާ ސްރީލަންކާގެ ޑިޕްލޮމެޓިކް ގުޅުމަށްވެސް 60 އަހަރު ފުރޭ ވަގުތާ ދިމާކޮށެވެ.

ޑިސަނަޔަކެގެ މިދަތުރުފުޅަކީ ދެ ދުވަހުގެ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ދެގައުމުގެ ރައީސުން ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާނެއެވެ.

ރައީސް މުއިއްޒުގެ ދައުވަތަކަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިމަހުގެ 25 ވަނަ ދުވަހު ރާއްޖެ ވަޑައިގެން 26 ވަނަ ދުވަހު ފުރާވަޑައިގެންނެވީ މިނިވަން ދުވަހުގެ ބައެއް ހަރަކާތްތަކުގައިވެސް ބައިވެރިވެވަޑައިގަތުމަށްފަހު އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement