ޙަސަން ޞާބިރު އަވަހާރަވެއްޖެ
ަމަރުހޫމް ޙަސަން ޞާބިރު

ޙަސަން ޞާބިރު އަވަހާރަވެއްޖެ

ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

17 hours ago - 09:13
Jul 28, 2025 - 11:00
Advertisement
Advertisement

ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނެވި ސަފީރު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު  އަވަހާރަވެއްޖެއެވެ.

ކުރީގެ ވަޒީރު ޙަސަން ޞާބިރު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށްފަހުއެވެ.

ޙަސަން ޞާބިރަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ޝަރަފް އެރުވީ އިއްޔެ ބޭއްވި މިނިވަން 60 ގެ ރަސްމީ ޖަލްސާގައެވެ. އެކަމަކު ހަސަން ޞާބިރުގެ ފަރާތްޕުޅުން ޝަރަފާ ހަވާލުވެވަޑައިގަތީ ދަރިކަލުންނެވެ. އެއީ އާލާސްކަންފުޅުގެ ސަބަބުން ޖަލްސާގައި ބައިވެރިވެވަޑައިނުގެންނެވުމުންނެވެ.

ޙަސަން ޞާބިރު އަހަވާރަވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހަސަން ޞާބިރު އަހަވާރަވި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކު ކަމަށެވެ. ޙަސަން ޞާބިރު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމަކީ މުޅި ދިވެހި ޤައުމަށް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށް ވިދާޅުވިއެވެ.

Advertisement
Advertisement

އަލްމަރްޙޫމް ޙަސަން ޞާބިރަކީ ވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން،  ރާއްޖޭގެ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާއަށް، ވަރަށް ބިނާކުރަނިވި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ވަޒީރުކަމުގައި އެންމެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވީ ފަތުރުވެރިކަމުގެ ދާއިރާއިންކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. ޙަޞަން ޞާބިރަކީ ރާއްޖެއިން އެކި ޤައުމުތަކަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ ޚާރިޖީ ގުޅުންތައް ވަރުގަދަކުރެއްވުމަށް، ވަރަށް ހަރުދަނާ މަސައްކަތްޕުޅުތަކެއް ކުރެއްވި ޑިޕްލޮމެޓެކެވެ.

" މާތްﷲ މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! އާމީން."

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement