
މިފަހަރުވެސް ފުޅަނދުތަކަށް ބޮޑު ސަމާލުކަމެއް, މަގުތަކަށް ތޮއްޖެހުން
މިނިވަން ދުވަހާ ގުޅިގެން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭ ފުޅަނދުބުރަށް މިފަހަރުވެސް ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ. މިރޭ ފުޅަނދުބުރު ބަލާލަން މަގުތަކަށް އެތައް ސަތޭކަ ބަޔަކު ނިކުމެ, މަގުތައް ވަނީ ތޮއްޖެހިފައެވެ.
ގިނަ އަދަދެއްގެ ކުޑަކުދިންނާއެކު އާއިލާތަކުން ވަނީ އުފާވެރި ވަގުތުތަކެއް ހޭދަކޮށްފައެވެ. ފުޅަނދު ތަކުގެ އިތުރުން ތަފާތު ކާޓޫނު ކެރެކްޓާތައްވެސް ފުޅަނދު ބުރާއެކު ހަރަކާތްތެރިވިއެވެ. ބައެއް ފުޅަނދު ތަކުގައިވެސް އެފަދަ ކެރެކްޓަރ ތަކާއި, ސަގާފީ ތަފާތު ހަރަކާތްތައް ދައްކާލިއެވެ.
މިފަހަރުގެ ފުޅަނދު ބުރުގައި 7 ފަރާތަކުން ޖުމްލަ 8 ފުޅަނދު ބައިވެރިކުރިއެވެ. ފުޅަނދުތައް ބައިވެރިކުރީ ސަރުކާރުގެ ކުންފުނިތަކުންނާއި ސަލާމަތީ ބާރުތަކުންނެވެ.
މާދަމާ ހަވީރު ސެންޓްރަލް ޕާރކްގައި ފުޅަނދުތައް ދައްކާލަން ބަހައްޓާނެއެވެ.
ރިއެކްޝަންސް






