މިޔަންމާ މައްސަލައިގައި ރާއްޖެއިން އައިސީޖޭ އަށް އޮބްޒަރވޭޝަންސް ހުށަހަޅައިފި
ަބަންޑާރަނައިބު އަހުމަދު އުޝާމް: ފޮޓޯ-ރައީސް އޮފީސް

މިޔަންމާ މައްސަލައިގައި ރާއްޖެއިން އައިސީޖޭ އަށް އޮބްޒަރވޭޝަންސް ހުށަހަޅައިފި

4 days ago - 13:22
Mar 5, 2025 - 13:22
Advertisement
Advertisement

އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.) ގައި ކުރިއަށްދާ "އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ދަ ގެމްބިއާ ވ. މިޔަންމާ)" މައްސަލައިގައި ދިވެހިރާއްޖެއިން ލިޔުމުން އޮބްޒަރވޭޝަންސް ހުށަހަޅައިފިއެވެ. ބަންޑާރަނައިބުގެ އޮފީހުން ވިދާޅުވީ ލިޔުމުން އޮބްޒަރވޭޝަންސް ހުށަހެޅމިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ކަމަށެވެ.

އެ މައްސަލައަކީ، މިޔަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ލާއިންސާނީ ޢަމަލުތަކާ ގުޅިގެން، ދަ ގެމްބިއާ އިން، މިޔަންމާއާ ދެކޮޅަށް 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އައި.ސީ.ޖޭ. އަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

ދިވެހިރާއްޖެއިން އެ މައްސަލައަށް ތަދައްޚުލުވުމަށްއެދި ހުށަހެޅި ޑެކްލެރޭޝަން އޮފް އިންޓަރވެންޝަން އައި.ސީ.ޖޭ. އިން ބަލައިގަތީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ. ދިވެހިރާއްޖެއިން ތަދައްޚުލުވާ މަޢުޟޫއާ ގުޅޭގޮތުން ލިޔުމުން އޮބްޒަރވޭޝަންސް ހުށަހެޅުމަށް ދިން ދައުވަތުގައި އެކަން ރާއްޖެއިން ފުރިހަމަކުރީ މިދިޔަ މަހުގެ ފަހު ދުވަހުއެވެ.

މި މައްސަލައަށް ތަދައްޚުލުވާ ފަރާތެއްގެ ދައުރާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖޭގެ އޮބްޒަރވޭޝަންސްގައި އަލިއަޅުވާލާފައިވާނީ، ޤަތުލު ޢާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުޢާހަދާގެ މާއްދާތަކުގެ މާނަކުރުމަށް ކަމަށް ބަންޑާރަނައިބުގެ އޮފީހުން ވިދާޅުވިއެވެ. ވަކިން ޚާއްޞަކޮށް، އެ މުޢާހަދާގެ 1، 4، 5، އަދި 6 ވަނަ މާއްދާތަކުގެ ދަށުން "ޑިއުޓީ ޓު ޕަނިޝް ޖެނޮސައިޑް" މާނަކޮށްފައިވާ ގޮތަށް އަލިއަޅުވާލާފައިވާނެ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައި ވެއެވެ.

Advertisement
Advertisement

ރޮހިންޖާގެ މުސްލިމުންނަށް ޢަދުލު އިންސާފު ހޯދައިދިނުމަށާއި، ޤަތުލު ޢާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުޢާހަދާ ތަންފީޛުކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ކުރާ މަސައްކަތްތަކަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދިނުމުގައި ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement