ފުރާވަރު ކޭންޕު ޞަލާޙުއްދީން ސްކޫލުގައި ކުރިއަށް ގެންގޮސްފި

ފުރާވަރު ކޭންޕު ޞަލާޙުއްދީން ސްކޫލުގައި ކުރިއަށް ގެންގޮސްފި

ފުލުހުންގެ 101 ވަނަ ފުރާވަރު ކޭންޕު ޞަލާޙުއްދީން ސްކޫލުގައި ކުރިއަށް ގެންގޮސްފި

5 months ago - 23:31
Feb 13, 2024 - 11:47
Advertisement

ސްކޫލު ދަރިވަރުންނަކީ އަހުލާގީ ގޮތުން ހެޔޮލަފާ ދަރިވަރުން ތަކަކަށް ހެދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުން ކުރިއަށް ގެންދާ ފުރާވަރު ކޭންޕުގެ 101 ވަނަ ކޭންޕު ހުޅުމާލެ، ޞަލާޙުއްދީން ސްކޫލުގައި ކުރިއަށް ގެންގޮސްފިއެވެ.

މި ކޭންޕު ނިންމުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އަދި މާލޭ ސިޓީ މޭޔަރ އާދަމް އާޒިމްއެވެ.

Advertisement

މި ރަސްމިއްޔާތުގައި، ފުލުހުުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި ޞަލާޙުއްދީން ސްކޫލުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

ޞަލާޙުއްދީން ސްކޫލްގެ 136 ދަރިވަރުންނާއެކު މި މަހު 8 އިން 10 އަށް ކުރިއަށް ގެންދިޔަ ފުރާވަރު ކޭންޕުގައި އެކި ދާއިރާތަކުން މައުލޫމާތު ދިނުމުގެ ކްލާސްތަކާއި ޓީމް ބިލްޑިންގ ހަރަކާތްތަކާއި ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

Advertisement

މި ކޭންޕުގެ ގައުމިއްޔަތުގެ ކްލާސް ނަންގަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.

ދީނީ ކަންކަމަށް ސަމާލުކަންދީ ދީނީ އާދަކާދަތަކަށް ދަރިވަރުން އަހުލުވެރިކުރުވައި ދަރިވަރުންނާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކުގެ މައުލޫމާތު ހިއްސާކުރުމާއެކު އެ ގާނޫނުތަކާއި ގަވާއިދުތަކަށް ބޯލެނބުމަށް ދަރިވަރުންނަށް ދަސްކޮށްދީފައިވެއެވެ.

އަދި ގަޑިއަށް ފަރުވާތެރިވެ ގަޑިންގަޑިއަށް ކަންކަން ކުރުމުގެ އާދަ އަށަގަންނުވައި ދިރިއުޅުމުގެ އެކި ކަންކަމަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމާއި މަދަރުސީ ތައުލީމުގެ ތެރެއިން ދަރިވަރުންގެ ދިރިއުޅުން ބައްޓަންކުރުމަށް އިސްކަންދޭންވީ ކަންކަމުގެ މައުލޫމާތުދީފައިވެއެވެ.

އޭގެ އިތުރުން، އަމިއްލަ ސާފުތާހިރުކަމާއި ރައްކާތެރިކަމަށް މަސައްކަތްކުރާނެގޮތް، އާންމު އިޖުތިމާއި މިންގަނޑާ ހިލާފު ކަންކަމުން ދުރުހެލިވެތިބުމާ އަދި ކަންކަމުގައި އިސްނަގައިގެން ހަރަކާތްތެރިވުމަށް ބާރުއެޅުމުގެ އިތުރުން ޒިންމާދާރު ބައެއްގެ ގޮތުގައި ދެމިތިބުމަށް ކުރަންޖެހޭ ކަންކަމަށް އަހުލުވެރިކުރުވުމަށް ކްލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ތަފާތު އެކިކަހަލަ ކުށްތަކުން ދަރިވަރުން ރައްކާތެރިކުރުވުމަށް މައުލޫމާތުދިނުމާއި ކަންކަމުގައި އެހެންމީހުންނާ ގުޅިގެން މަސައްކަތްކުރުމަށް ބާރުއަޅައި މައުލޫމާތުދީފައިވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement