މިދިޔަ މަހު ވައްކަމާއި ފޭރުމުގެ މައްސަލަތައް މަދު
ފުލުހުންގެ އޮޕަރޭޝަނެއްގައި ޗެކްކުރަނީ

މިދިޔަ މަހު ވައްކަމާއި ފޭރުމުގެ މައްސަލަތައް މަދު

2 months ago - 06:55
Jul 8, 2024 - 17:58
Advertisement

މި އަހަރުގެ މެއި މަހާ އަޅާބަލާއިރު، ހުސްވި ޖޫން މަހު ވައްކަމާއި ފޭރުމުގެ މައްސަލަތައް ރިޕޯޓުކުރި އަދަދު ދަށްވެއްޖެ އެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ މެއި މަހު ވައްކަމުގެ 335 މައްސަލައަކާއި ފޭރުމުގެ 50 މައްސަލައެއް އެ އިދާރާ އަށް ހުށަހެޅި އެވެ. އެކަމަކު، ޖެހިގެން އައި ޖޫން މަހު ރިޕޯޓު ކޮށްފައި ވަނީ ވައްކަމުގެ 315 މައްސަލައަކާއި ފޭރުމުގެ 29 މައްސަލައެކެވެ.

 މެއި މަހާއި ޖޫން މަހުގެ ކުށުގެ ތަފާސްހިސާބުތައް އާންމު ކުރައްވައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ކުށްކުރާ ޕެޓާނަށް މާ ބޮޑު ބަދަލެއް ނައިނަމަވެސް، މެއި މަހަށް ވުރެ ޖޫން މަހުގެ ތެރޭގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް ދަށްވުމަކީ ލިބޭ ހިތްވަރެއް ކަމަށެވެ. 

މެއި މަހާއި ޖޫން މަހުގެ ކުށްތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު މާބޮޑު ބަދަލެއް ނެތެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement