ވިއްސާރައިގެ ސަބަބުން ދިމާވާ ކަންކަން މޮނިޓަރ ކުރުމަށް ރައީސްގެ ޓާސްކްފޯހެއް

ވިއްސާރައިގެ ސަބަބުން ދިމާވާ ކަންކަން މޮނިޓަރ ކުރުމަށް ރައީސްގެ ޓާސްކްފޯހެއް

މި ޓާސްކް ފޯހުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން 9 ބޭފުޅަކު ހިމެނިވަޑައިގަންނަވާ

1 month ago - 22:46
Aug 13, 2024 - 23:16
Advertisement

ވިއްސާރައިގެ ސަބަބުން ދިމާވާ ކަންކަން ވީހާވެސް ގާތުން ބަލައި މޮނިޓަރ ކުރުމަށް ޓާސްކްފޯހެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އުފައްދަވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ރިޔާސަތު ބަލަހައްޓަވާ ގޮތަށް އުފެއްދި މި ޓާސްކްފޯހުގައި 6 ވަޒީރަކާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް އާއި ކޮމޮޝަނަރ އޮފް ޕޮލިސް ހިމެނިވަޑައިގަންނަވައެވެ. 

މި ޓާސްކްފޯހުގެ ބައްދަލުވުމެއް މިރޭ ވަނީ ބާއްވާފައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ޓާސްކްފޯހަކީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ބުރޫއަރާފައިވާތީ ވިއްސާރައިގެ ސަބަބުން ކުރިމަތިވަމުންދާ ކަންކަން މޮނިޓަރކޮށް ރައްޔިތުންނަށް ދިމާވާ ކަންކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފެއދެވި ޓާސްކްފޯހެއް ކަމަށެވެ. 

Advertisement

މި ޓާސަކްފޯހުގައި ތިއްބަވަނީ ޑިފެންސް މިނިސްޓަފ ޣައްސާން މައުމޫނާއި ހޯމް މިނިސްޓަރ އަލީ އިހްސާނާއި އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއުގެ އިތުރުން ހެލްތް މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލާއި ތިމާވެއްޓާބެވޭ ވަޒީރު ތޯރިގު އިބްރާހީމްގެ އިތުރުން ސިޓީސް މިނިސްޓަރ އާދަމް ޝަރީފް އުމަރެވެ. 

މި ޓާސްކްފޯހުގެ ފުރަތަމަ ބައްދަލުވުން މިރޭވަނީ ރައީސް އޮފީހުގައި ކުރިއަށް ގެންގޮސްފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement