
ވައިގެ މަގުން ވަގަށް ރާއްޖެ އެތެރެކުރަން އުޅުނު ވޭޕާއި ވޭޕް ބޭނުންކުރާ ސާމާނު އަތުލައިގެންފި
ވައިގެ މަގުން ވަގަށް ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕާއި ވޭޕް ބޭނުންކުރާ ސާމާނު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަންފިއެވެ.
ކަސްޓަމްސްއިން ބުނީ ޖުމްލަ 2,062 އައިޓަމެއް އަތުލައިގަނެފައިވާ ކަމަށެވެ.
އަތުލައިގަތް ތަކެތީގެ ތެރޭގައި 1,714 ނެނޯ ސްޓިކް، 200 ޓެރިއާ ސްޓިކް، 97 ލެބަރން ކާޓްރިޖު، 50 ވީމޭޓް ކާޓްރިޖް އަދި 2 ވޭޕް ފްލޭވަރ ލިކުއިޑް ފުޅި ހިމެނޭކަމަށް ކަސްޓަމްސްއިން ބުންޏެވެ. އެ ތަކެތި އަތުލައިގަނެފައިވަނީ މެލޭޝިޔާއިން އިއްޔެ ރާއްޖެ އައި ތިން ފަސިންޖަރެއްގެ ލަގެޖުން ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.
އެ ތަކެތި ފެނިފައި ވަނީ ލަގެޖުގައި ވޭޕް އާއި ވޭޕްކުރަން ބޭނުންކުރާ ސާމާނު ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލާފާސްކުރުމުގެ ތެރެއިން ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.
ރިއެކްޝަންސް






