މާދަމާ ސަރުކާރު ބަންދު
މިއަދު މާލޭގައި ފެންބޮޑުވެފައި

މާދަމާ ސަރުކާރު ބަންދު

ސަރުކާރު ބަންދުކުރީ ވިއްސާރައިގެ ސަބަބުން

1 month ago - 20:25
Aug 13, 2024 - 20:33
Advertisement

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މާދަމާސަރުކާރު ބަންދު ކުރަން ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

 

މާދަމާ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ މި ހަމަޖެއްސެވީ، ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުން، ކިޔަވާ ކުދީންނާ ވަޒީފާ އަދާކުރާ ފަރާތްތަކަށްވެސް ދަތުރުފަތުރުކުރުމާ ހިނގާބިނގާވާން ދަތިވުމާއި ގުޅިގެން ދެއްވާ ލުޔެއްގެ ގޮތުގައި ކަމަށް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވިއެވެ.

 

Advertisement

މިހާރު ކުރަމުންދާ ވިއްސާރައިގާ ގޯތިގެދޮރަށާ ޢާއިލާތަކަށް ލިބޭ ގެއްލުން ކުޑަކޮށްދިނުމަށާ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ސަރުކާރުން ޚާއްޞަ އިސްކަމެއްދީގެން ރޭގަނޑާއި ދުވާލު މަސައްކަތްކުރަމުން ގެންދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވައިފައެވެ.

 

މާލޭގެ އިތުރުން އެހެން ރަށްތަކަށްވެސް މެދުނުކެނޑި ބޯކޮށް ވާރޭ ވެހެމުންދާތީ ޢާއްމު ދިރިއުޅުމަށް ވަނީ ދަތިވެފައެވެ. އަދި ގޭގެއަށާއި, ވިޔަފާރިތަކަށް ފެންވަދެ އެކިވަރުގެ ގެއްލުން ދަނީ ލިބެމުންނެވެ. މާލޭގެ މަގުތަކުގައިވެސް ވަނި ކަކުލުން މައްޗަށް ފެންބޮޑުވެފައެވެ.

މިއަދު ވެސް މެންދުރުފަހު ދަންފަޅީގައި ސްކޫލްތަކުގެ ކިޔެވުން ބަންދު ނުކުރުމުން ބައެއް ފަރާތްތަކުން ވަނީ ނުރުހުންވެސް ފާޅުކޮށްފައެވެ. މާލެއަށް ބޯކޮށް ވާރޭ ވެހެން ފެށީ މެންދުރު ވަނިކޮށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement