ލިސްޓް ޢާއްމު ކުުރުމުން 182 މިލިއަން ރުފިޔާ ލިބިއްޖެ
ރައީސް މުއިއްޒު އޮޕަރޭޝަން ކުރަނގި އިފްތިތާހުކޮށްދެއްވަނީ: ފޮޓޯ-ރައީސް އޮފީސް

ލިސްޓް ޢާއްމު ކުުރުމުން 182 މިލިއަން ރުފިޔާ ލިބިއްޖެ

ލިސްޓް ޢާއްމުކުރީ ޖުލައި 24 ގައި

1 month ago - 09:44
Aug 14, 2024 - 10:29
Advertisement

ބިދޭސީ މަސައްކަތްތެރިންގެ ކޯޓާ ފީއާއި ވޯކްޕާމިޓް ފީ ނުދައްކާ ފަރާތްތަކުގެ ލިސްޓް ޢާއްމުކުރުމުން 182،9 މިލިއަން ރުފިޔާ މިހާތަނަށް ލިބިފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ބުނެފި އެވެ. އެމިނިސްޓްރީން ވަނީ ބީދޭސީންނާ ގުޅޭ ފީތައް ނުދައްކާ އޮތް 1026 ކުންފުންޏެއްގެ ނަން ޖުލައި މަހު އިއުލާނުކޮށްފައެވެ.

ލިސްޓް ޢާއްމުކޮށް އިއްޔެގެ ނިޔަލަށް -/182،954،572 ރުފިޔާ ހޯދިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން ބުނީ ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ޚާއްޞަ އެންގެވުމާއި އެއްގޮތަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން, ފައިސާ ނުދައްކާ ފަރާތްތަކުގެ ވަބނަވަރު ޢާއްމުކުރި ތާރީޚުން ފެށިގެން 182.9 މިލިއަން ރުފިޔާ ރިކަވާ ކުރެވިފައިވާ ކަމަށެވެ. ލިސްޓް ޢާއްމުކުރީ ޖުލައި 24 ވަނަ ދުވަހުއެވެ.

ލިސްޓް ޢާއްމުކުރުމުން ވިޔަފާރިވެރިންގެ ނުރުހުން މިނސްޓަރ އަލީ އިހުސާނަށް ވަރަށް ބޮޑަށް އަމާޒުވިއެވެ. އޭގެތެރޭގައި ސަރުކާރަށް ތާއީދުކުރައްވާ އަދި ސަރުކާރުގައި ސިޔާސީ ބާރުވެރިކަން އޮތް ފަރާތްތައްވެސް ހިމެނެއެވެ. ޢާއްމުކުރި ލިސްޓްގައި ހިމެނެނީ ބިދޭސީންނާ ގުޅޭ ގޮތުން ދައްކަން ޖެހޭ ފީ ލައްކައަކަސްވުރެ ބޮޑުވެފައިވާ ފަރާތްތަކެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement