ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ ފަރާތްތަކަށް ބީއެމްއެލް އެޕް މެދުވެރިކޮށް ޑޮލަރަށް އެދެވޭގޮތް ހަދައިފި

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ ފަރާތްތަކަށް ބީއެމްއެލް އެޕް މެދުވެރިކޮށް ޑޮލަރަށް އެދެވޭގޮތް ހަދައިފި

ބޭރަށް ފުރާ ފަރާތްތަކަށް 2،000 ޑޮލަރާ ހަމައަށް ޑޮލަރު ވިއްކާނެ

9 hours ago - 14:25
Feb 22, 2026 - 22:50
Advertisement
Advertisement

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ބޭނުންވާ ޑޮލަރު ގަތުމަށް އެދި ހުށަހެޅުމުގެ އިންތިޒާމު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެޕް މެދުވެރިކޮށް ހަމަޖައްސައިފިއެވެ.


ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ހާމަކުރި ގޮތުގައި، މި އާ އިންތިޒާމުގެ ދަށުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ފަރާތްތަކަށް ބޭނުންވާ ލިޔެކިޔުންތައް އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ހުށަހެޅޭނެއެވެ. އަދި ހުށަހަޅާފައިވާ މައުލޫމާތުތަކުގެ އަދާހަމަ (ސްޓޭޓަސް) ވެސް އެޕް މެދުވެރިކޮށް ބަލާލެވޭނެ ކަމަށް ބޭންކުން ބުނެއެވެ.


ބޭސްފަރުވާއަށް ޑޮލަރު ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލަށް ބަލާއިރު، އާސަންދަ ނުވަތަ އެންސްޕާގެ އެހީގައި ބޭރަށް ފުރާ ފަރާތްތަކަށް 2،000 ޑޮލަރާ ހަމައަށް ޑޮލަރު ވިއްކާނެއެވެ. އަދި އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ދާ ފަރާތްތަކަށް 1،000 ޑޮލަރު ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ވިއްކާ ޑޮލަރު ޖަމާކޮށްދޭނީ އެދި ހުށަހަޅާ ފަރާތުގެ ބީއެމްއެލް އެކައުންޓަށެވެ.


ޑޮލަރަށް އެދި ހުށަހަޅާއިރު ބޭނުންވާ ލިޔެކިޔުންތަކުގެ ތެރޭގައި:

Advertisement
Advertisement
  • އާސަންދަ ނުވަތަ އެންސްޕާ މެދުވެރިކޮށްދާނަމަ، އެހީ ލިބުނުކަމުގެ ލިޔުމާއި، ޓިކެޓް އަދި ޕާސްޕޯޓް ކޮޕީ.
  • އަމިއްލައަށް ދާނަމަ، ބޭސްފަރުވާއަށްދާކަން އަންގައިދޭ ޑޮކްޓަރުގެ ލިޔުމާއި ހޮސްޕިޓަލް އެޕޮއިންޓްމަންޓް ލިޔުން.
  • ބަލިމީހާގެ ބަދަލުގައި އެހީތެރިއެއްގެ އެކައުންޓަށް ފައިސާ ޖަމާކުރާނަމަ، އެމީހަކާއި އޮތް ގުޅުން އެނގޭނެ ލިޔުމެއް.

މި ބަދަލަކީ ބޭސްފަރުވާގެ މުހިންމު ބޭނުންތަކަށް ރާއްޖެއިން ބޭރަށްދާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ބޭންކުން ގެނައި ބަދަލެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ހޯދުމުގައި ހުރި ދަތިތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ.       

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement