ހަތަރު ރަށަކަށް ބޭނުންވާ އާ ޖަނަރޭޓަރުތައް ފެނަކައިން ރާއްޖެއަށް ގެނެސްފި

ހަތަރު ރަށަކަށް ބޭނުންވާ އާ ޖަނަރޭޓަރުތައް ފެނަކައިން ރާއްޖެއަށް ގެނެސްފި

8 hours ago - 14:51
Advertisement
Advertisement

ރަށްރަށުގެ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ފެނަކަ ކޯޕަރޭޝަނުން ހަތަރު ރަށަކަށް ބޭނުންވާ އާ ޖަނަރޭޓަރު ސެޓުތައް ރާއްޖެއަށް ގެނެސްފިއެވެ.


ފެނަކައިން މައުލޫމާތު ދޭ ގޮތުގައި، އަލަށް ގެނައި މި ޖަނަރޭޓަރުތައް ފޮނުވުމަށް ހަމަޖެހިފައިވަނީ ލ. އިސްދޫ، ލ. ދަނބިދޫ، ބ. ކެންދޫ އަދި ހއ. ކެލާއަށެވެ. މީގެ ތެރެއިން ލ. އިސްދޫ، ބ. ކެންދޫ އަދި ހއ. ކެލާއަށް ފޮނުވުމަށް ހަމަޖެހިފައިވަނީ 600 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓުތަކެކެވެ. އަދި ލ. ދަނބިދޫއަށް ފޮނުވުމަށް ހަމަޖެހިފައިވަނީ 400 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެކެވެ.


މި މަސައްކަތުގެ އެންމެ ފަހުގެ ތަފްސީލު ހިއްސާކުރަމުން ފެނަކައިން ބުނީ، ލ. ދަނބިދޫ އަދި ލ. އިސްދޫއަށް ބޭނުންވާ ޖެންސެޓުތައް އެ ރަށްރަށަށް ފޮނުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ. އަދި މާދަމާގެ ވަގުތެއްގައި މި ދެ ރަށަށް ޖަނަރޭޓަރުތައް ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.


މީގެ އިތުރުން، ހއ. ކެލާ އަދި ބ. ކެންދޫއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދެ ޖެންސެޓް މާލެ ގެނެސް، ކްލިއަރ ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެ ރަށްރަށަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.              

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement