ފުޅާދާއިރާއެއްގައި ހަށި ވިއްކަމުން ދިޔަ ބަޔަކު ޑީޕޯޓް ކޮށްފި
ހަށި ވިއްކުމުގެ މައްސަލާގައި ހައްޔަރުކުރި މީހުން

ފުޅާދާއިރާއެއްގައި ހަށި ވިއްކަމުން ދިޔަ ބަޔަކު ޑީޕޯޓް ކޮށްފި

1 year ago - 21:27
Oct 27, 2024 - 21:28
Advertisement
Advertisement

 ފުޅާދާއިރާއެއްގައި ރާއްޖޭގައި ހަށި ވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ބަޔަކު ޑީޕޯޓް ކޮށްފި އެވެ.

ފުލުހުން ބުނީ ހަށި ވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ފަސް މައްސަލައެއްގައި ހައްޔަރުކުރި މީހުންގެ ތެރެއިން ހަ މީހަކު މިހާތަނަށް ޑީޕޯޓް ކޮށްފައިވާ ކަމަށެވެ. އެއީ ހަށި ވިއްކި 5 އަންހެނަކާއި, އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި ފިރިހެނެކެވެ. އިތުރު ތިން ބިދޭސީ އަންހެނުން ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ފަސް މައްސަލައެއްގައި 7 އަންހެނަކާއި އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީ ދެ ފިރިހެނުން އޮކްޓޯބަރު މަހުގެ އޮޕަރޭޝަންތަކުގައި އަތުލައިގެންފައިވާ ކަމަށެވެ. އެއީ ހަށިވިއްކުމުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުން ދިޔަ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާ ގުޅިގެން ފުލުހުން އޮކްޓޯބަރު މަހު ކުރިއަށް ގެންދިޔަ ޚާއްޞަ އިންސްޕެކްޝަންތަކުގައި އަތުލައިގަން މީހުން ކަމަށް ފުލުހުން ބުންޏެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement