ސްޓެލްކޯ ސަބްސްޓޭޝަނެއްގެ ކޭބަލް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
ސްޓެލްކޯ ސަބް ސްޓޭނުން ބުރިކޮށްގެން ވަގަށް ގެންދަން އުޅުނު ކޭބަލް ފޮޓޯ:ސްޓެލްކޯ

ސްޓެލްކޯ ސަބްސްޓޭޝަނެއްގެ ކޭބަލް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

3 months ago - 06:29
Advertisement

މަޖީދިއްޔާ ސްކޫލް ކައިރީގައި ހުންނަ، ސްޓެލްކޯ ސަބްސްޓޭޝަނެއްގެ ކޭބަލްތައް ވަގަށް ނެގި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ. 

ފުލުހުން ބުނީ، މިމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ޢުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަދި މިމައްސަލަ އެއިދާރާއިން ތަޙުގީގު ކުރަމުން އަންނަކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ، މި ކޭބަލްތައް ވަގަށް ނެގީ މިދިޔަ އަންގާރަ ދުވަހު ކަމަށާއި، އެ މައްސަލަ ރިޕޯޓްކޮށްފައި ވަނީ އެ ދުވަހުގެ ހެނދުނު 6:21 ހާއިރެވެ. މިކަމުގެ ސަބަބުން އެދުވަހު ހެންވޭރުގެ ބައެއް ސަރަޙައްދުތަކުން  ކަރަންޓު ކެނޑިފައިވެ އެވެ.

ސްޓެލްކޯގެ ސަބްސްޓޭޝަންތަކުން ކަރަންޓު ކޭބަލް ބުރިކޮށްގެން ވަގަށް ނެގުމުގެ މައްސަލަ ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. މިއަހަރުގެ މާޗު މަހުގެ ތެރޭގައި ހުޅުމާލޭ ފޭސް-2ގެ ހިޔާ ފްލެޓު ސަރަޙައްދުގައި ހުރި ޓްރާންސްފޯމަރެއްގެ ކޭބަލް ބުރިކޮށްގެން ވަގަށް ނަގަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހިގެން މީހަކު  ވަނީ މަރުވެފައި އެވެ. 

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement