ވީއައިއޭގައި އުމްރާވެރިންނަށް ދިން ޚާއްޞަ ޚިދުމަތްތަކާއެކު "އުމްރާ އޮޕަރޭޝަން" ކާމިޔާބުކަމާއެކު ނިންމާލައިފި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) މެދުވެރިކޮށް ޖުލައި މަހު ފުރި އުމްރާވެރިންނަށް ލުއިފަސޭހަ އަދި އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރިއަށް ގެންދިޔަ ޚާއްޞަ އޮޕަރޭޝަން މިއަދު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި މަހު ރާއްޖެއިން 5,565 އަށްވުރެ ގިނަ ޢުމްރާވެރިން ފުރާފައިވާއިރު، މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ އެމްއޭސީއެލްގެ ޕެސެންޖަރ ސާވިސަސް، ޓާމިނަލް ސާވިސަސް އަދި އެސްޓޭޓް ސެކިއުރިޓީ ސާވިސަސް ގުޅިގެންނެވެ.
މި އޮޕަރޭޝަންގެ ދަށުން އެޅުނު މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި، 100 އަށްވުރެ ގިނަ މީހުން ހިމެނޭ ގްރޫޕްތަކަށް ފުރުމުގެ އެއް ދުވަސް ކުރިން ޕްރީ-ޗެކިން ހެދުމުގެ ފުރުސަތު ހުޅުވާލުމާއި، މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން ޕާސްޕޯޓްތަކުގެ އެޑްވާންސް ކްލިއަރެންސް ހެދުމުގެ އިންތިޒާމު ހަމަޖެއްސުން ހިމެނޭކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ.
ރިއެކްޝަންސް





