ބަރަހަނާކޮށް ފޮޓޯ ނެގުމުގެ ވާހަކައިން ފުލުހުން ދިފާއުވެއްޖެ
ދިވެހި ފުލުހުންގެ ޚިދުމަތް

ބަރަހަނާކޮށް ފޮޓޯ ނެގުމުގެ ވާހަކައިން ފުލުހުން ދިފާއުވެއްޖެ

ޖިނާއީ ތަހުގީގު ކުރަނީ ޗިލްޑްރަންސް އޮމްބަޑްޕާސަން އޮފީހުން ހުށަހަޅާފައިވާ މައްސަލައިގައި

5 hours ago - 11:33
Apr 21, 2025 - 11:36
Advertisement
Advertisement

އެމްޑީޕީގެ އެކްޓިސްޓުން ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) އާއި އަހުމަދު ސަލީމް (މާޒްސަލީމް)ގެ ޖިންސީ ގުނަވަން ފިޔަވާ ހަށިގަނޑު ފޮޓޯ ނެގުމުގެ އަމުރެއް ފުލުހުންގެ އެދުމުގެ މަތީން ކޯޓުން ދީފައިވާ މައްސަލައިގައި ފުލުހުން ދިފާއުވެއްޖެއެވެ.

އެމައްސަލައިގަ ފުލުހުންނަށް ވަރަށްބޮޑަށް ފާޑުކިއުން އަމާޒުވެފައިވަނިކޮށް, މިއަދު ޢާއްމުކުރި ބަޔާނެއްގައި ފުލުހުން ބުނީ އެކޯޓް އަމުރުގައި ޖިންސީ ގުނަވަން ފިޔަވާ ކަމަށް ބަޔާންކޮށްފައި ވަނީ, ޖިންސީ ގުނަވަނުގެ ފޮޓޯ ނުނެގޭނެކަން ސާފްކޮށްދިނުމަށް ކަމަށެވެ.

" ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލްގެ ތެރޭގައި ޖިންސީ ގުނަވަނުގެ ފޮޓޯ ނެގުމާއު, ސާމްޕަލް ނެގުން ހިމެނޭތީ ހަށިގަނޑުގެ ބޭރުގެ ފޮޓޯއާއި ސާމްޕަލް  ނެގުމަށް ކޯޓުން އަމުރު ނެރޭ ހާލަތުގައި ޖިންސީ ގުނަވަން ފިޔަވާ އެހެން ތަންތަނުގެ ފޮޓޯ ނުނެގޭނެ ކަމަށް  އަމުރުގައި ބަޔާންކުރަނީ ޖިންސީ ގުނަވަނުގެ ފޮޓޯ 'ނުނެގޭނެ' ކަން ސާފްކޮށްދިނުމަށް ކަމަށެވެ." ފުލުހުންގެ ބަޔާނުގައި ވިދާޅުވިއެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ ޖިނާއީ ތަހުގީގަކަށް މީހެއްގެ ފޮޓޯ ނަގަން ބޭނުންވާނަމަ ނުވަތަ އަޑުގެ ސާމްޕަލްއެއް ބޭނުންވާނަމަ އެމީހެއްގެ ހުއްދަ ނުވަތަ ކޯޓް އަމުރެއް ބޭނުންވާކަމަށެވެ. ފޮޓޯއާއި އަޑުގެ ސާމްޕަލް ހިމެނެނީ ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލްގެ ތެރޭގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

Advertisement
Advertisement

ފުލުހުން ވިދާޅުވީ ޢާއްމުކޮށް ފޮޓޯ ނަގަނީ ހެކީގެ ގޮތުގައި ފުޓޭޖްއަކުން ނުވަތަ ވީޑިއޯ ފުޓޭޖަކުން ފެންނަ މީހަކީ ވަކި މީހެއްތޯ ބަލަން ކޮމްޕެރިސަން ހަދަން ނުވަތަ އަޑަކީ ވަކި މީހެއްގެ އަޑެއްކަން ދެނެގަތުމަށް ކަމަށެވެ.

މަރިޔަމް ޒުބައިއިރު އާއި މާޒު ސަލީމްގެ ފޮޓޯއާއި ވީޑިއޯ ފުލުހުން ނަގަނީ ޗިލްޑްރަންސް އޮމްބަޑްޕާސަން އޮފީހުން ހުށަހަޅާފައިވާ މައްސަލައިގެ ޖިނާއީ ތަހުގީގަށްކަމަށްވެސް އެއިދާރާއިން ވަނީ ބުނެފައެވެ. ފުލުހުން މިކަން ޔަގީންކޮށްދީފައި މިވަނީ ރައީސުލްޖުމްހޫރިއްޔާގެ އާއިލާގެ ފަރާތުން އެމައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރަން ހުށަހަޅާފައި ނުވާނެ ކަމަށް ބުނެފައި ވަނިކޮށެވެ.

މިމައްސަލައަކީ ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުންނާ ގުޅޭގޮތުން ދެއްކި ވާހަކަތަކެއްގެ މައްސަލައެވެ. އާއިލާގެ ފަރާތުން ހުށަހެޅުއްވީ މަދަނީ މައްސަލައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement