
ރޯމަން ކެތޮލިކް ޗާޗްގެ އިސް ފާދިރީ ޕޯޕް ފްރާންސިސް 88 އަހަރުގައި މަރުވެއްޖެ
އީސްޓަރ ސަންޑޭގައިގައި ވެސް ޕޯޕް ވަނީ ޣައްޒާގައި އިޒްރާއިލްއިން ހިންގާ އުދުވާނު ހުއްޓާލުމަށް ގޮވާލާފަ.
ރޯމަން ކެތޮލިކް ޗާޗްގެ އިސް ފާދިރީ, ޕޯޕް ފްރާންސިސް 88 އަހަރުގައި މަރުވެއްޖެއެވެ. އާޖެންޓިނާއަށް އުފަން ހޮރްހޭ މާރިއޯ ބެރްގޯލިއޯ (ޕޯޕް ފްރާންސިސް) މަރުވީ މިއަދު ހެދުނު ވެޓިކަން ކެވިން ފެރެލް އިން ވަނީ ކަށާވަރުކޮށްދީފައެވެ.
2013 އިން ފެށިފެން ޕޯޕް ފްރާންސިސްގެ މަޤާމާ ހަވާލުވި ބެރްގޯލިއޯއަކީ ފާއިތުވި 1000 އަހަރުގެ ތެރޭގައި އިސް ފާދިރީގެ މަޤާމަށް އައްޔަނުކުރެވުނު ޔޫރަޕް ބައްރުން ބޭރުގެ, އަދި ފުރަތަމަ ލެޓިން އެމެރިކާގެ އިސް ފާދިރީއެވެ.
ޕޯޕްގެ މޭސްތިރި ކަމުގެ ދަށުން ޗާޗް އަކީ އެންމެނަށްވެސް ބައިވެރިވެވޭ, އަދި އަންހެނުނާއި ކުޑަކުދިންނާއި, ކުޑަކުދިންނަށް ޖިންސީ ހާނިއްކަ ކުރުމާ ދެކޮޅަށް ހޭލުންތެރި ކުރުމުގައި މުހިއްމު ދައުރެއް އަދާކުރިއެވެ.
މާޗު 23 ން ފެށިގެން ރޯމްގެ ގެމޭލީ ހޮސްޕިޓަލްގައި ނިއުމޯނިއާއަށް ފަރުވާ ހޯދަމުންދިޔަ ޕޯޕް ފްރާންސިސް އިއްޔެ ވަނީ ވެޓިކަން ސިޓީގެ ސެއިންޓް ޕީޓަރ ސްކުއާގައި އޮތް އީސްޓަރ ސަންޑޭގެ އެއްވުމުގައި ބައިވެރިވެފައވެ. ޕޯޕް އަކީ މި ފަހުން ޣައްޒާގައި އިޒްރާއިލްއިން ހިންގަމުން ގެންދާ އުދުވާނާ ދެކޮޅަށް ވަރަށް ބޮޑަށް އަޑު އުފުލާ ފަރާތެކެވެ.
އީސްޓަރ ސަންޑޭގައި އެސްޓީ. ޕީޓަރ ބެސިލިކާގެ މައި ބެލްކަނީގައި ދިން ކުރު ތަޤުރީރުގައިވެސް އިޒްރާއިލްއިން ޣައްޒާއަށް ދޭ ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރިކޮށް ޣައްޒާގެ އިންސާނީ ހާލަތަށް އަލިއަޅުވާލާގައި ވެއެވެ. އަދި ހަމަލާތައް ވަގުތުން ހުއްޓާލުމަށްވެސް ގޮވާލާފައިވެއެވެ.
ރިއެކްޝަންސް






