އެމެރިކާގެ 47 ވަނަ ރައީސް ކަމުގެ ހުވާ ކުރައްވާ ޓްރަމްޕް އެނބުރި ވެރިކަމަށް
އެމެރިކާގެ 47 ވަނަ ރައީސްގެ ހުވާ ޑޮނަލްޑް ޓްރަމްޕް މިއަދު ކުރައްވައިފިއެވެ. ހުވާ ކުރެއްވުމަށްފަހު ދެއްވި ތަޤްރީރުގައި ޓްރަމްޕް ވަނީ ޤައުމުގެ އިދާރާތައް ހަމަ މަގަށް އަޅުއްވާނެ ކަމަށް ވީ ވައުދު ތަކުރާރުކުރައްވާފައެވެ.
ޓްރަމްޕް ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮތީ އެމެރިކާގެ ގާނޫނު ހަދާމަޖިލިސް, ކެޕިޓޯލް ރަޓުންޑޯގެ އެތެރޭގައެވެ. ރަސްމިއްޔާތުގައި ނައިބު ރައީސް ކަމުގެ ހުވާ, ޓްރަމްޕްގެ ރަނިން މޭޓް ޖޭޑީވެސް ވާނީ ވަނީ ކުރައްވާފައެވެ. މިއީ ކެޕިޓޯލްގެ އެތެރޭގައި މި ރަސްމިއްޔާތު މީގެ 40 އަހަރުގެ ތެރޭގައި ބޭއްވި ފުރަތަމަ ފަހަރެވެ.
ރަސްމިއްޔާތުގައި ޓްރަމްޕްއަށް ހުވާ ލައިދެއްވީ ޗީފް ޖަސްޓިސް ޖޯން ރޮބާޓްސްއެވެ.
ޓްރަމްޕް ދިވާޅުވީ 'ކަލާންގެ އަހަރެން ސަލާމަތްކުރީ' އެމެރިކާ ސަމާލަތް ކުރަން ކަމަށެވެ. ޓްރަމްޕް އިޝާރާތް ކުރެއްވީ ކެމްޕްއިންގެ ތެރޭގައި އޭނާ އަވަހާރަކޮށްލަން ދިން ބަޑީގެ ހަމަލާއަށް އިޝާރާތްކޮށެވެ.
އިތުބާރު ނެތްކަމުގެ ވޯޓާއި, ޖިނާއީ ތަޙްޤީގު އަދި އަވަހާރަކޮށްލުމަށް ދިން ހަމަލާތަކުން ސަލާމަތްވެ ވައިޓްހައުސް އަށް އިތުރު ޓާމަކަށް ވަޑައިގެންނެވި ޓްރަމްޕް އަކީ 1890ގެ ފަހުން ރިޔާސީ އިންތިހާބަކުން ނާކާމިޔާބުވުމަށްފަހު އަލުން ރައީސްކަމަށް ވަޑައުގެންނެވި ފުރަތަމަ ބޭފުޅާއެވެ.
ޓްރަމްޕްގެ ތަޤުރީރުގައި އެމެރިކާގެ ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށާއި, ރައްޔިތުންގެ މުދަލާއި ޑިމޮކްރަސީ ނެގެހެއްޓުމަށް ވީ ވައުދު ވަނީ ތަކުރާރުކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވީ އެމެރިކާގެ މަސްލަހަތު އިސްކުރުމުގެ ސިޔާސަތުގެ ތެރެއިން ޤައުމު އާރާސްތުކުރުމެ މަސައްކަތް މިއަދުން ފެށިގެން މިފެށުނީ ކަމުގައެވެ.
"މި ހިނދުން ފެށިގެން އެމެރިކާ ފަހަތަށް ސޮއްސާލައިގެން ދިއުން ނިމުނީ" ޓްރަމްޕް ވިދާޅުވިއެވެ. އަދި ޤައުމު އާރަސްތުކުރުމުގައި ވަކި ދީނަކަށް އަދި ނަސްލަކަށް ތަފާތު ނުކުރާނެ ކަމަށާއި, އެއްވެސް ރައްޔިތަކު ބާކީ ނުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރަސްމިއްޔާތަށް ވަޑައިގެންނެވި ކުރީގެ ރައީސުންނާއި, ތިންބާރުގެ ވެރިން އަދި ޤައުމުގެ ސިޔާސީ ކަމުވޮށިގެންވާ މީހުންގެ ކުރިމަތީގައި ޓްރަމްޕް ވަނީ "ޖެނުއަރީ 20, 2025 އަކީ އެމެރިކާއަށް މިނިވަން ކަން ލިބުނު ދުވަސް" ކަމަށް އިއުލާން ކުރައްވާފައެވެ.
ޓާރަމްގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި އެމެރިކާގެ ބޮޑެތި މަހުޖަނުންވެސް ބައިވެރިވެފައި ވެއެވެ. އޭގެ ތެރޭގައި މާކް ޒުކަބާރގް, ޖެފް ބެޒޯސް, ޓިމް ކުކް އަދި ސުންދަރް ޕިޗާއީ ވެސް ހިމެނެއެވެ. އަދި ޓްރަމްޕްގެ ކެމްޕޭމްގައި އިސް ދައުރެއް އަދާކުރެއްވި ދުނިތޭގެ އެންމެ މުއްސަނދި މިހާ އީލޮން މަސްކްވެސް ހިމެނެއެވެ. ކުރީގެ ރައީސް ޖޯއި ބައިޑެންގެ ވަދާއީ ތަޤުރީރުގައި ވަނީ މަހުޖަހުންގެ އަތްދަށުން ޤައުމު ސަލާމަތް ކުރުމަށް ގޮވާލާފައެވެ.
ތަޤްރީރުގައި ޓްރަމް ވަނީ އެމެރިކާގެ ބޯޑަރު ހިމާޔަތް ކުރާނެ ކަމަށާއި, ޤަވާއިދާ ޚިލާފަށް އެމެރިކާގައި އުޅެމުންދާ 'ކުށްވެރިން' ކުރިންވެސް އެމެރިކާއިން ބޭރުކުރީ އޭނާ ކަމަށާއި ދެންވެސް އެކަމުގައި ސާބިތުވެ ހުންނަނވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
"އަޅުގަނޑުގެ އުއްމީދަކީ އެންމެ ފަހުން މިޤައުމުގައި ބޭއްވި ރިޔާސީ އިންތިޙާބަކީ ޤައުމުގެ ތާރީޚްގައިވެސް އެންމެ ވަރުގަދަ އިންގިލާބީ ބަދަލު މިގައުމަށް ގެނުވައިދިން އިންތިހާބަށް ވެގެންދިއުން" ޓްރަމްޕް ވިދާޅުވެފައި ވެއެވެ.
އެމެރިކާގެ އިޤްތިޞާދު ހަމަޔަކަށް އަޅުވާ ތެކެތީގެ އަގު އުފުލުން ހުއްޓުވުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ޓެކްސްގެ ނިޒާމް ހަރުދަނާ ކުރުމަށް ވަކި އިދާރާއެއް އުފައްދާނެކަމަށްވެސް ވިދާޅުވެފައެވެ.
އަދި ހުވާ ކުރެއްވީ މާޓިން ލޫދަރ ކިންގް ދުވަހުގައި ކަމުގައާއި އެމަނިކުފާނަށް އިހްތިރާމް އަދާކުރުމުގެ ގޮތުން މާޓިން ލޫދަރ ކިންގް އެމެރިކާއަށް ޓަކައި ދެކުނު ހުވަފެން ހަޤީގަތަކަށް ހެދުމަށް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އަދި ނޮވެމްބަރު މަހު އެމްރިކާގެ ކަޅު ނަސްލުގެ މީހުންނާއި ލެޓީނޯސް ގެ ވޯޓް ދެއްވި ކަމަށްޓަކައި ޓްރަމްޕް ވަނީ އެކަމަށް ޝުކުރުވެސް އަދާކޮށްފައެވެ.
ޓްރަމްޕް ވަނީ އެމެރިކާއިން ތަރައްޤީކޮށްފައިވާ ޕެނަމާ ބްރިޖް އަތުލާނެ ކަމުގެ އިންޒާރުވެސް ދެއްވާފައެވެ. އަދި އެމެރިކާގެ ސިޔާސަތުގައި ބަލައިގަންނާނީ ހަމައެކަނި ' ދެ ޖިންސު' ގެ މީހުން ކަމުގައިވެސް ވަނީ އިއުލާން ކުރައްވާފައެވެ.
ރިއެކްޝަންސް