ޙޫތީންގެ ވަރުގަދަ ހަމަލާއެއް ގަލްފު ކަނޑުގައި އޮތް އެމެރިކާގެ އުޅަނދަކަށް

ޙޫތީންގެ ވަރުގަދަ ހަމަލާއެއް ގަލްފު ކަނޑުގައި އޮތް އެމެރިކާގެ އުޅަނދަކަށް

ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ޑްރޯނެއް ބޭނުންކޮށްގެން އެމެރިކާގެ އުޅަނދަކަށް ބޮމުގެ ހަމަލާ ދީފިކަމަށް ރަސްމީފަރާތްތަކުން ހާމަކޮށްފި

6 months ago - 09:19
Jan 18, 2024 - 12:58

ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ޑްރޯނެއް ބޭނުންކޮށްގެން އެމެރިކާގެ އުޅަނދަކަށް ބޮމުގެ ހަމަލާ ދީފިކަމަށް ރަސްމީފަރާތްތަކުން ހާމަކޮށްފިއެވެ. ޖެންކޯ ޕިކާޑީއަށް ދިން ހަމަލާއަކީ ހޫތީންނަށް އަމާޒުކޮށް އެމެރިކާއިން ދެމުންގެންދާ ހަމަލާތަކާއިގުޅިގެން، ސީދާ އެމެރިކާއާ ގުޅުން ހުރި އުޅަނދުތަކަށް އަމާޒުކޮށް ދިން ދެވަނަ ހަމަލާ އެވެ. އިސްރާއީލުން ޣައްޒާގައި ހަމާސް ޖަމާޢަތާ ދެކޮޅަށް ކުރަމުންދާ ޢުދުވާނީ އަދި ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި ކަނޑުގެ މުހިއްމު ދައުރެއް އަދާކުރަމުންގެންދަނީ ގަލްފް އޮފް އަދަންއެވެ. އަދަންގެ ކަނޑުއޮޅިވަނީ، ކަނޑުގެ މަގުން ދަތުރުކުރާ، އުޅަނދުތަކަށް ނުރައްކާތެރި  ކަނޑުއޮޅިއަކަށްވެފައެވެ.

މި ހަމަލާ ދީފައިވަނީ ޢަދަނު އިރު ދެކުނުން ގާތްގަނޑަކަށް 70 މޭލު (110 ކިލޯމީޓަރު) ދުރުގައި ކަމަށާއި ޑްރޯން އުޅަނދަށް ވެއްޓުނު ކަމަށް މެދުއިރުމަތީގެ ކަނޑުގެ ކަންކަން ދިރާސާކޮށް ބަލަހައްޓާ، އިނގިރޭސި ކަނޑުގެ އަސްކަރިއްޔާގެ މުއައްސަސާއެއްކަމުގައިވާ، ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް އިން، ހާމަކޮށްފައިވެއެވެ.

އުޅަނދުގެ ކެޕްޓަން ވަނީ އުޅަނދުގައި އަލިފާން ރޯވެ ނިއްވާލާފައިވާ ކަމަށް ބުނެފަ އެވެ. އަދި އުޅަނދާއި ފަޅުވެރިން، ސަލާމަތުން ތިބި ކަމަށާއި އެންމެގާތް ބަނދަރަށް ދަތުރުކުރާ ކަމަށްވެސް އެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.

ހޫތީންގެ އަސްކަރީ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ޔަހްޔާ ސާރީ ވިދާޅުވީ ހަމަލާ ދިން ބޯޓަކީ ބަލްކް ކެރިއާ ޖެންކޯ ޕިކާޑީ ކަމަށެވެ. އެ އުޅަނދު  ސެޓެލައިޓް ޓްރެކިން ޑޭޓާއިން ދައްކާގޮތުގައި، އުޅަނދު ވަނީ ސައުދީ އަރަބިއްޔާއިން ފުރައިގެން އިންޑިއާއަށް ދަތުރުކުރާކަމަށްބުނެފައެވެ.

"އެމެރިކާ އާއި އިނގިރޭސިންގެ ހަމަލާތައް، ހޫޠީންނަށް އަމާޒުކޮށް ދޭނަމަ އޭގެ ބަދަލުގައި ކޮންމެހެންވެސް އެމެރިކާއާއި އިނގިރޭސީންނަށް ޖަވާބެއް ދޭނެކަން ކަށަވަރުކޮށްދޭ ކަމަށާއި، އާ އެއްވެސް ހަމަލާއެއް ދޭނީ އެމެރިކާއާއި އިންގިރޭސިން ޢަމަލުކުރާގޮތެއްގެ މައްޗަކަމަށް،" ކުރިން ރެކޯޑް ކޮށްފައިވާ ވީޑިއޯ ތަގުރީރުގައި ސާރީ ވިދާޅުވި އެވެ.

ޖެންކޯ ޕިކާޑީގެ ވެރިފަރާތަކީ ނިއުޔޯކް ސްޓޮކް އެކްސްޗޭންޖުގައި ވިޔަފާރިކުރާ، ނިއުޔޯކް ސިޓީގެ ޖެންކޯ ޝިޕިން އެންޑް ޓްރޭޑިން ލިމިޓެޑްގެ ގޮތުގައި ލިސްޓުކޮށްފައިވާ ފަރާތުގެ އުޅަނދެކެވެ.

ޖެންކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އުޅަނދުގައި ފޮސްފޭޓް ހިލަ ބަރުކޮށްފައިކަމަށެވެ. އަދި އެކުންފުނީގެ މި އުނޅަދަށް ހަމަލާ ދީފައިވާކަމަށްވެސް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

"އުޅަނދުގައި ތިބި ފަޅުވެރިއަކަށް އަދި އޮފިޝަލަކަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާކަން ކަށަވަރުވެއްޖެ" ކަމަށްވެސް އެ ކުންފުނީގެ ބަޔާނުގައިވެއެވެ. "ފަޅުވެރިން ގެ އިންސްޕެކްޝަނުން އެނގެނީ އުޅަނދުގެ ގޭންގްވޭއަށް މާބޮޑު ގެއްލުމެއްނުވާކަމަށެވެ. އަދި އަމާންކަމާއެކު މިހާރު އެ ސަރަހައްދު ދޫކޮށް، ފެށިފައިވާ ދަތުރުގެ އަމާޒަށް ވާޞިލުވެވޭނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ހޫތީން ބުނަނީ މި ހަމަލާތަކަކީ އިސްރާއީލުން ހަމާސްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޣައްޒާގައި ތާށިވެފައި ތިބި ހަމާސް ޖަމާއަތާއި، ފަލަސްތީންނުގެ ރައްޔިތުންނަށް ތާޢީދުކުރުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށެވެ. ނަމަވެސް އިޒްރޭލާ އިދިކޮޅަށް އެއްވެސް ގުޅުމެއް ނެތް އުޅަނދުފަހަރަށް އަމާޒުކޮށް، ދުނިޔޭގެ ވިޔަފާރީގެ މައި ކަނޑުއޮޅިއެއްގައި ދަތުރުކުރާ ޝިޕިންތަކަށް ނުރައްކާކުރަމުންދާކަމަށް މުރާސިލުން ހާމަކުރެއެވެ.

ހޫޠީންގެ ހަމަލާތައް މިހާރު ވަނީ، އެމެރިކާއާ ގުޅުން ހުރި އުޅަނދުފަހަރަށް ދޭދިނުން އިތުރުކޮށްފައެވެ. މިދިޔަ ހޯމަ ދުވަހު ހޫތީން ވަނީ އެމެރިކާގެ ޖިބްރޯލްޓާ އީގަލް އަށް ހަމަލާދީފަ އެވެ.

ހަނގުރާމަވެރިން ހުއްޓުވަން އެމެރިކާ އާއި އެގައުމުގެ ބައިވެރިން ވަނީ ފާއިތުވި ހަފުތާގެ ތެރޭގައި ހޫތީންގެ ތަންތަނަށް އަމާޒުކޮށް، ވައިގެ ވަރުގަދަ ހަމަލާތަކެއް ތިން ފަހަރުމަތިން ދީފައެވެ. މި ހަމަލާތަކަށް ފަހު، ހޫތީން ވަނީ އޭޝިއާ އާއި މެދުއިރުމަތީގެ ގައުމުތަކުން ޔޫރަޕަށް ދަތުރުކުރާ ކާގޯ އާއި ހަކަތައިގެ ޝިޕްމަންޓްތަކަށް  އަމާޒުކޮށްވެސް ހަމަލާން ދޭން ފަށާފައެވެ. އެހެންކަމުން ވިޔަފާރީގެ މި މުހިއްމު މަގުން ދަތުރުކުރާ އުޅަނދުތައް، އިތުރަށް ނުރައްކަލަށް ހުށަހެޅިފައިވެއެވެ.

ހޫތީންގެ ހަމަލާތަކަކީ އެ ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ކުރިޔަށްގެންދެވޭ ހަމަލާތަކެކެވެ. ވަކީން ޚާއްޞަކޮށް ޣައްޒާގައި އިސްރާއީލުން، ނަސްލުނައްތާލުމަށް ހިންގާ ޢުދުވާނީ ހަމަލާއާއި އަދި ޔަމަނުގައި ހޫތީންނަށްދެވޭ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދެވޭ ހަމަލާތަކެކެވެ. އީރާނުން އިރާގުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ދިން ވައިގެ ހަމަލާތަކުގައި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. އިނގިރޭސިވިލާތުން އިރާގަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސްޓެފަން ހިޗެން ބުދަ ދުވަހު ވިދާޅުވީ، އިރާގުގައި މަރުވި އާންމުންގެ ތެރޭގައި އިނގިރޭސި ވިލާތުގެ ރައްޔިތެއް ކަމަށްވާ ކަރަމް މިޚައެލް ވެސް ހިމެނޭ ކަމަށެވެ.

ޖެނުއަރީ މަހުގެ ހަތަރުވަނަ ދުވަހު ސްރީލަންކާ އާއި އިންޑިއާ ކައިރީގައި އިންޑިޔާ ކަނޑުގައި އޮތް އުޅަނދަކަށް ހަމަލާދީފައެވެ. މިކަމަށް އީރާނުން  މުޅިން އެއްބަސްނުވިޔަސް އިރާންގެ ދައުރެއް އޮތްކަމަށްބެލެވެއެވެ. ހަމަމިއާއެކު، ކެމިކަލް ޓޭންކަރު ޕެސިފިކް ގޯލްޑްގައި އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާއިން "އީރާނުގެ ވަންވޭ އެޓޭކް" ޑްރޯން  ބޭނުންކޮށްގެން ހަމަލާދީފައިވެއެވެ. ނަމަވެސް މި އުޅަނދަށް ބައެއް ގެއްލުންތައް ލިބުނު ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މިދިޔަ ބުދަ ދުވަހު ލުބުނާނުގެ ބްރޯޑްކާސްޓަރު އަލް މަޔާދީން ވަނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންއަށް ހަމަލާ ދީފާކަމަކަށް ޚަބަރުފަތުރާފައެވެ. އަލްމަޔާދީން އަކީ ހިޒްބުالله ޖަމާޢަތާއި ސިޔާސީ ގޮތުން ގުޅިފައިވާ ޗެނަލެކެވެ. އެ ޗެނަލުން މީގެ ކުރިން ވަނީ އީރާނާ ގުޅުން ހުރި އެހެން ހަމަލާތަކެއް އެ ސަރަހައްދުގައި އިޢުލާނުކޮށްފައެވެ. އަދި ވަކި އުޅަނދެއް މިނިވަންކަމާއެކު ދަތުރުނުކުރެވޭނެކަމށްވެސް އެމީހުން ޚަބަރުފަތުރާފައިވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow