އިންތިޚާބާ ދިމާކޮށް ދުރާލާ އައިޑީ ކާޑު ހެއްދުމަށް ޑީ.އެން.އާރުން އިލްތިމާސް ކޮށްފި
ޑީއެންއާރުން ވަނީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލާ ދަފްތަރު ފައިނަލް ކުރުމަށްޓަކައި 18 އަހަރުން މަތީ ފަރާތްތަކުގެ މަޢުލޫމާތު ބަދަލުވެފައިވާނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ދުރާލާ ހެއްދުމަށް އިލްތިމާސް ކުރައްވާފަ
މަޖިލިސް އިންތިޚާބަށް ވޯޓާސް ލިސްޓް ފައިނަލް ކުރުމަށް، 18 އަހަރުން މަތީ ފަރާތްތަކުން އައިޑީކާޑު އައު ކުރަން އެދޭނަމަ ހުށަހެޅުމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން، ޑީއެންއާރުން އެދިއްޖެއެވެ.
ޑީއެންއާރުން ވިދާޅުވީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވޯޓާސް ލިސްޓް ފައިނަލް ކުރުމަށްޓަކައި 18 އަހަރުން މަތީ ފަރާތްތަކުގެ މަޢުލޫމާތު ބަދަލުވެފައިވާނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމަށް ހުޅުވާލާކަމަށެވެ.
އައިޑީކާޑު އައުކުރަން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 21 ވަނަ ދުވަހުގެ 15:00އާ ހަމައަށް އެ ފުރުޞަތުވަނީ ހުޅުވާލާފައެވެ. އަދި މިމަހުގެ 22ގެ ފަހުން، 18 އަހަރުން މަތީ ފަރާތްތަކަށް މަޢުލޫމާތު ބަދަލުވެގެން އައިޑީކާޑު ހަދައިދެވޭނީ، މަޖިލިސް އިންތިޚާބުގައި ވޯޓު ނުލެވެވުނު ނަމަވެސް، އިޢުތިރާޟެއް ނެތް ގޮތަށެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗް މަހުގެ 17 ވަނަ ދުވަހުގައެވެ. މި އިންތިޚާބުގައި އަލަށް 18 އަހަރު ފުރޭ މީހުންނާއެކު ޖުމްލަ 284،327 މީހުންނަށް ވޯޓުލުމުގެ ޙައްގުލިބިފައިވެއެވެ. އެއީ 139،165 އަންހެނުންނާއި، 145،162 ފިރިހެނުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ފަހު ކުރިޔެކޭވެސް އެއްގޮތަށް 18 އަހަރުން މަތީ ފަރާތްތަކުގެ މަޢުލޫމާތު ބަދަލުކޮށް ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދެމުން ދާނެކަމަށް ޑީއެންއާރުން ވިދާޅުވިއެވެ.
ރިއެކްޝަންސް