ޝަރުޢީ ދާއިރާގެ ޤަޟާއީ އަހަރުރައީސް އިފްތިތާހުކޮށްދެއްވައިފި
ޝަރުއީ ދާއިރާގެ ޤަޟާއީ އަހަރުރައީސް އިފްތިތާހުކޮށްދެއްވައިފި
ޝަރުއީ ދާއިރާގެ މަސައްކަތްތައް ފެށުމަށް ކޮންމެ އަހަރަކު ބާއްވާ “ޤަޟާއީ އަހަރު 2024” ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވައިއެވެ.
ޤަޟާއީ އަހަރު އިފްތިތާހް ކުރުމުގެ ރަސްމިއްޔާތު ބޭއްވުމުގެ އެންމެ މުހިންމު އެއް މަގްސަދަކީ، ފާއިތުވި އަހަރުގެ ތެރޭގައި ޝަރުއީ ދާއިރާއިން ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލުވި މިންވަރު ދެނެގަނެ ފެށޭ އައު އަހަރަށް ލަނޑު ދަނޑިތައް ކަނޑައެޅުމެވެ.
މި ރަސްމިއްޔާތުގައި ވަނީ ޝަރުއީ ދާއިރާއަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކޮށްފައިވާ މުވައްޒަފުންނަށް އެބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައިވަނީ ރައީސް ޑރ. މުއިއްޒެވެ.
މި ރަސްމިއްޔާތުގައި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނުގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސް ހިސާން ހުސެންވެސް ބައިވެރިވެވަޑައިގެންފައެވެ.
ރިއެކްޝަންސް