ޗައިނާގައި ހިނގި ގޭސް އެކްސްޕްލޯޝަންގެ ޙާދިސާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ

ޗައިނާގައި ހިނގި ގޭސް އެކްސްޕްލޯޝަންގެ ޙާދިސާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ

5 hours ago - 18:59
Advertisement
Advertisement

ޗައިނާގެ ޝާންޝީ ޕްރޮވިންސްގެ ލިއުޝެންޔޫ ކޯލް މައިންގައި ހިނގި ނުރައްކާތެރި ގޭސް އެކްސްޕްލޯޝަންގެ ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންގަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.


ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ހާދިސާގައި އެތައް ބަޔަކު މަރުވެ، އަދި ގިނަ ބަޔަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާތީ އެކަމާ ހިތާމަ ކުރައްވާކަމުގައި ބަޔާން ކުރައްވާފައިވެއެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި، މަރުވި މީހުންގެ ޢާއިލާ ތަކަށާއި، ޗައިނާ ސަރުކާރަށާއި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިޚްލާސްތެރިކަމާއެކު ތަޢުޒިޔާ ރައްދުކުރައްވާފައެވެ.


މީގެ އިތުރުން، މި ހިތާމައިގެ ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ ޗައިނާއާއި އެކުގައިކަން ފާހަގަކުރައްވައި، ހާދިސާގައި ގެއްލުން ލިބުނު ހުރިހާ ފަރާތްތަކަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ. އަދި މިހާރު ކުރިއަށްދާ މީހުން ސަލާމަތްކުރުމުގެ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.


މި ހާދިސާ ހިނގާފައިވަނީ ޗައިނާގެ ޝާންޝީ ޕްރޮވިންސްގެ މައިނެއްގެ ތެރޭގައި ގޭސް ގޮވުމުގެ ސަބަބުންނެވެ. މިފަދަ ހިތާމަވެރި ދަނޑިވަޅުތަކުގައި ދިވެހިރާއްޖެއިން އަބަދުވެސް އަންނަނީ ރަޙުމަތްތެރި ޤައުމުތަކާ ބަދަހި ގުޅުމެއް ބާއްވައި، ހިތާމައިގައި ބައިވެރިވަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement