ކުރިއަށް އޮތް ދެ މަހެއްހާ ދުވަސް ތެރޭގައި ބޭސް ލިބުމުގެ ދަތިތަކަށް ހައްލެއް ލިބޭނެ: ރައީސް

ކުރިއަށް އޮތް ދެ މަހެއްހާ ދުވަސް ތެރޭގައި ބޭސް ލިބުމުގެ ދަތިތަކަށް ހައްލެއް ލިބޭނެ: ރައީސް

4 hours ago - 19:50
Advertisement
Advertisement

އާންމު ރައްޔިތުންނަށް ދިމާވެފައިވާ ބޭސް ލިބުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ނަތީޖާ ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ފެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


"ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޭސް ލިބުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އުފެއްދި "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި" (ސްޓޭޓް ފާމާ) ކުންފުނީގެ މަސައްކަތްތަކާއެކު، އަންނަ ޖޫން ނުވަތަ ޖުލައި މަހުގެ ނިޔަލަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. ޚާއްސަކޮށް ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް މެދުކެނޑުމެއްނެތި ބޭސް ލިބޭނެ އިންތިޒާމު މި ބަދަލާއެކު ކަށަވަރުވެގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.


ބޭހާއި ބޭސްފަރުވާއަށް ބޭނުންވާ އާލާތްތައް ރާއްޖެއަށް އެތެރެކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް އުފެއްދި މި ކުންފުނީގެ ދަށަށް، އެސްޓީއޯއިން ހިންގާ ހުރިހާ ބޭސްފިހާރަތަކެއް އަންނަ ޖުލައި މަހުގެ ނިޔަލަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ރާއްޖޭގެ ހުރިހާ ފާމަސީތަކެއްގެ ސްޓޮކް ވަގުތުން ބަލައިލެވޭނެ ފަދަ ޒަމާނީ ޑިޖިޓަލް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ބާރުދުވެލީގައި ކުރިއަށެވެ.


ސްޓޭޓް ފާމާގެ އަމަލީ މަސައްކަތުގެ ތެރެއިން، އައިޖީއެމްއެޗްގައި މިހާރު ވަނީ އެ ކުންފުނީގެ ފުރަތަމަ ފާމަސީ ހުޅުވައި، އެ ހޮސްޕިޓަލަށް ބޭނުންވާ ބޭސްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement