ރާއްޖޭގެ މަތީ ތައުލީމް ފޯރުކޮށްދޭ މުއައްސަސާއަކުން ދެއްވި ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފް ފަޟީލަތުއްޝައިޚް އިސްމާޢީލު މުޙައްމަދަށް!
ޝައިޙު އިސްމާއީލް މުޙައްމަދަށް ޝަރަފް އަރުވަނީ: ފޮޓޯ-ރައީސް އޮފީސް

ރާއްޖޭގެ މަތީ ތައުލީމް ފޯރުކޮށްދޭ މުއައްސަސާއަކުން ދެއްވި ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފް ފަޟީލަތުއްޝައިޚް އިސްމާޢީލު މުޙައްމަދަށް!

ޝަރަފްއެރުވީ ރައީސުލްޖުމްހޫރިއްޔާ

12 months ago - 07:19
Apr 20, 2025 - 07:19
Advertisement
Advertisement

ރާއްޖޭގެ މަތީ ތައުލީމް ފޯރުކޮށްދޭ މުއައްސަސާއަކުން ދެއްވި ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފް ފަޟީލަތުއްޝައިޚް އިސްމާޢީލު މުޙައްމަދަށް އަރުވައިފިއެވެ. މިޝަރަފް ޝައިޚު އިސްމާޢީލް މުޙައްމަދަށް އެރުވީ ރޭ އޮތް ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ދަސްވެރިނުވުމުގެ ރަސްމިއްޔާތުގައި އެޔުނިވަރސިޓީގެ ފަރާތުންނެވެ.

މިޝަރަފް ފަޟީލަތުއްޝައިޚް އިސްމާޢީލު މުޙައްމަދަށް އެރުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުއެވެ. ފަޟީލަތުއްޝައިޚް އިސްމާޢީލު މުޙައްމަދަކީ ދިވެހިރާއްޖޭގައި ޢަރަބި އިސްލާމީ ތަޢުލީމު ފެތުރެއްވުމުގައި ބައި ޤަރުނަށްވުރެ ގިނަ ދުވަސްވަންދެން ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.

އެމަނިކުފާނުގެ އެހީތެރިކަމާއެކު ފުރުޞަތު ހޯއްދަވައިދެއްވައިގެން އިސްލާމީ ގައުމުތަކުން, ތައުލީމް ހާސިލްކުރެއްވި އެތައް ބޭފުޅުންނެއް މިއަދު ޚިދުމަތުގައި އެބަތިއްބެވިއެވެ. ދާދިފަހުން ހުޅުމާލޭގައި ވަނީ އެމަނިކުފާނުގެ ޚަރަދުގައި މިސްކިތެއް ބިނާކުރައްވަންވެސް ފައްޓަވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement