މަސްތުވާތަކެތި ޓްރެފިކްކުރި އަންހެނަކު 50 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

މަސްތުވާތަކެތި ޓްރެފިކްކުރި އަންހެނަކު 50 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

6 hours ago - 11:53
Advertisement
Advertisement

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ބޮޑު މައްސަލައެއްގައި ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އަންހެނަކު 50 އަހަރަށް ޖަލަށްލުމާއެކު، ދެ ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް މިއަދު ހުކުމްކޮށްފިއެވެ.


ކުޅުދުއްފުއްޓަށް އުފަން މި އަންހެންމީހާގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާއެއް ސާބިތުވާކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އެއީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއާއި، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާއެވެ. މި ކޮންމެ ކުށަކަށް 25 އަހަރުގެ ޖަލު ހުކުމަކާއި އެއްލައްކަ ރުފިޔާގެ ޖޫރިމަނާއެއް ވަނީ އިއްވާފައެވެ. އެއާއެކު އޭނާ ތަންފީޒު ކުރަންޖެހޭ ޖުމްލަ ހުކުމަކީ 50 އަހަރުގެ ޖަލު ހުކުމަކާއި ދެ ލައްކަ ރުފިޔާގެ ޖޫރިމަނާއެކެވެ.


މި މައްސަލައިގެ ފަސްފަހަތަށް ބަލާއިރު، މިއީ މާލެއިން ފުރައިގެން ހަނިމާދޫ އެއާޕޯޓަށް ދިޔަ ފްލައިޓަކުން ފޭބި ވަގުތު އޭނާގެ އަމަލުތައް ހުރި ގޮތުން ފުލުހުންނަށް ޝައްކުވެގެން ހުއްޓުވައި ބަލައިފާސްކުރުމުން ފެންމަތިވި މައްސަލައެކެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، އޭނާ ލައިގެން ހުރި ބުރާގެ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެތި އޭނާ ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުކޮށްފައެވެ.


ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އަދި އެ ތަކެތި އުފުލީ މަޖުބޫރީ ހާލަތެއް އޮވެގެން ކަމަށް ބުނި ނަމަވެސް، އެފަދަ މަޖުބޫރީ ހާލަތެއް އޮތްކަން ސާބިތުކޮށްދޭނެ އެއްވެސް ދިފާއީ ހެއްކެއް ނުވަތަ ތަފްސީލެއް އޭނާގެ ފަރާތުން ހުށަހަޅާފައެއް ނުވެއެވެ.


ކުޅުދުއްފުށީ ކޯޓުން ކުރި ހުކުމުގައި ބަޔާންކޮށްފައިވަނީ، އޭނާގެ ބާރުގެ ދަށުގައި (ހިޔާޒަތުގައި) މަސްތުވާތަކެތި ހުރިކަމާއި، އެކަމުގައި އޭނާގެ ބައިވެރިވުން އޮތްކަން އެނގެން އޮތުމުން، ކުށުގެ މާއްދީ އަދި މައުނަވީ ރުކުން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. މިއީ މަސްތުވާތަކެތީގެ ވަގުފާރި ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހޯދިފައިވާ މުހިންމު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement