އެލްނީނޯގެ ބާރުގަދަވެ ރާއްޖެއަށް ނޭދެވޭ އަސަރުކުރާނެ ކަމަށް މެޓުން އިންޒާރުދީފި

އެލްނީނޯގެ ބާރުގަދަވެ ރާއްޖެއަށް ނޭދެވޭ އަސަރުކުރާނެ ކަމަށް މެޓުން އިންޒާރުދީފި

14 hours ago - 18:32
Advertisement
Advertisement

ދުނިޔޭގެ މޫސުމަށް އަންނަ ބޮޑެތި ބަދަލުތަކާ ގުޅިގެން އުފެދޭ އެލްނީނޯގެ ބާރުގަދަވެ، ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މީގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން އިންޒާރު ދީފިއެވެ.


މެޓް އޮފީހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އަހަރުގެ ފަހުކޮޅު ފެށިގެން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް އެލްނީނޯގެ ހާލަތު ދިގުލައިގެންދާނެއެވެ. މި ބަދަލުގެ ސަބަބުން ރާއްޖޭގެ އާންމު ފިނިހޫނުމިން މަތިވެ، ވާރޭވެހޭ މިންވަރު މަދުވުމުގެ އިތުރުން، ކަނޑުގެ ލޮނުގަނޑު ހޫނުވުން ފަދަ ނޭދެވޭ ކަންކަން ދިމާވުން އެކަށީގެންވެއެވެ.


އެލްނީނޯގެ ސަބަބުން ކުރާނެ ބޮޑެތި އަސަރުތަކުގެ ތަފްސީލު ހާމަކުރަމުން މެޓުން ބުނީ، ވެރިރަށް މާލެ ހިމެނޭހެން ރާއްޖޭގެ ގިނަ ސަރަހައްދުތަކުގައި އާންމުކޮށް ހޫނުމިން ހުންނަ މިންވަރަށްވުރެ އިތުރަށް ހޫނުގަދަވާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް ރާއްޖެއަށް ވާރޭވެހޭ މިންވަރު އާންމު އެވްރެޖަށްވުރެ ދަށްވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.


މީގެއިތުރުން، ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށާއި ފަރުތަކުގެ މުރަކަތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ. އަދި ދަނޑުވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއަށްވެސް މީގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ފޯރާނެތީ، މި ދުވަސްވަރު ދިމާވެދާނެ ގޮންޖެހުންތަކުން ރައްކާތެރިވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށްޓަކައި ދުރާލާ ފިޔަވަޅު އެޅުމަށް އާންމުންނަށާއި ކަމާބެހޭ ހުރިހާ ދާއިރާތަކަށް ވަނީ އިލްތިމާސްކޮށްފައެވެ.


ރާއްޖޭގެ މޫސުމަށް އެލްނީނޯގެ އިތުރުން، އިންޑިއަން އޯޝަން ޑައިޕޯލް އަދި މެޑަން ޖޫލިއަން އޮސިލޭޝަން ފަދަ މޫސުމީ އެހެނިހެން ހާލަތްތަކުގެ ސަބަބުންވެސް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން މެޓް އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement