ގޯތި ލިބިފައިވާކަމުގެ ވަގުތީ ލިޔުން ދޫކުރަނީ

ގޯތި ލިބިފައިވާކަމުގެ ވަގުތީ ލިޔުން ދޫކުރަނީ

ހިއްކަމުންދާ ސަރަޙައްދުތަކުން ގޯތި ލިބުނު މީހުންނަށްވެސް، ގޯތި ލިބިފައިވާކަމުގެ ވަގުތީ ލިޔުން ދޫކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

7 months ago - 11:32
Feb 4, 2024 - 12:18
Advertisement

ހިއްކަމުންދާ ސަރަޙައްދުތަކުން ގޯތި ލިބުނު މީހުންނަށްވެސް، ގޯތި ލިބިފައިވާކަމުގެ ވަގުތީ ލިޔުން ދޫކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އެކި ކަންކަމުގައި ޢާއްމުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ސުވާލުކުރެވޭ ގޮތަށް "ރައީސްގެ ޖަވާބު" ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމަށް ހ. މެލްބާން، އިބްރާހީމް ސަމާހު، މާލޭގެ ރައްޔިތުންނަށް ގޯތި ޙަވާލުކުރުމުގެ ކަންކަން ކުރިއަށްދާގޮތާމެދު ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ.

އިބްރާހީމް ސަމާހު ވަނީ ގިނަ ބައެއްގެ މަސްލަޙަތު ހިމެނޭ ގޯތީގެ ކަންކަން ކުރިއަށް ގޮސްފައިވާ ހިސާބަކީ ކޮބައިތޯ ސުވާލުކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ގުޅިފަޅާއި ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތްތައް ކުރައްވަމުން އަންނަކަމަށެވެ. މިދިޔަ ސަރުކާރުގައި ބިން ނުހިއްކާ ތަންތަނުންވެސް ބައެއް މީހުންނަށް ގޯތި ދޫކޮށްފައިވާތީ އެކަމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، ބިން ނުހިއްކާ ސަރަޙައްދުތަކުން ގޯތި ލިބުނު ފަރާތްތަކަށްވެސް ގޯތި ލިބުނުކަމުގެ ވަގުތީ ލިޔުމެއް ދިނުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

Advertisement

"ޤާނޫނީ ގޮތުން ރަޖިސްޓްރީއެއް މިހެދެނީ ބިން ހިކުނީމަ. ނަމަވެސް ގޯތި ލިބުނުކަން ކަށަވަރުކުރުމަށްޓަކައި ވަގުތީ ލިޔުމެއް ދިނުމުގެ މަސައްކަތްވެސް ދަނީ ކުރަމުން. އެހެންވީމަ ގުޅިފަޅުން ވިޔަސް، ގިިރާވަރު ފަޅުންވިޔަސް އަދި ހުޅުމާލޭގެ ފަޅުތެރެއިން ހިއްކަމުންދާ ބައިން ގޯތި ލިބުނު މީހުންނަށްވެސް ލިޔުމާއި ގޯތި ދޫކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް އެބަދޭ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން މާލެއިން 9101 މީހަކަށް ވަނީ ގޯތި ލިބިފައެވެ. ނަމަވެސް އެ ސަރުކާރު ނިމުނުއިރުވެސް ގޯތީގެ ރަޖިސްޓްރީއައި ބިން ހަވާލުކޮށްފައި ނުވާ މީހުން އެބަތިއްބެވެ. އަދި މިހާރު ކުރިއަށް ދަނީ ގޯތި ލިބުނު މީހުންގެ ތެރެއިން ރަޖިސްޓްރީއާއި ލިޔުން ހަވާލުނުކޮށް ތިބި 1114 މީހަކަށް ރަޖިސްޓްރި ހަވާލުކުރުމުގެ މަސައްކަތެވެ.

ބިންވެރިޔާ ސްކީމްގައި ގޯތި ދޫކުރަނީ، ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement