މި އަހަރުވެސް ރައީސްގެ ދެކަނބަލުންގެ އީދު ސަލާމްކުރެއްވުން އޮންނާނެ
ރައީސްގެ ދެކަނބަލުންގެ އީދު ސަލާންކުރެއްވުން އޮންނާނީ އީދުދުވަހު ހެދުނު / ފޮޓޯ: ރައީސް އޮފީސް

މި އަހަރުވެސް ރައީސްގެ ދެކަނބަލުންގެ އީދު ސަލާމްކުރެއްވުން އޮންނާނެ

1 year ago - 11:39
Mar 20, 2025 - 12:52
Advertisement
Advertisement

މިއަހަރުގެ ފިޠުރު ޢީދު ދުވަހުވެސް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ޢީދު ސަލާމްކުރެއްވުން އޮންނާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

އީދު ސަލާމްކުރެއްވުން އޮންނާނީ ޢީދު ދުވަހުގެ ހެނދުނު 9:00 އިން 11:00 އަށް، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ މުލީއާގޭގައި ކަމަށް އެއޮފީހުން ވިދާޅުވިއެވެ. 

އާންމު ރައްޔިތުންނާއި، ދައުލަތުގެ އިސް ވެރިންނާއި، ބޭރުގެ ޢިއްޒަތްތެރިންނާއި، އަމިއްލަ ޖަމްޢިއްޔާތަކުގެ މަންދޫބުންނަށް މި ސަލާމްކުރެއްވުމުގައި ބައިވެރިވުމަށް ރައީސް އޮފީހުން ވަނީ ދަޢުވަތު ދެއްވާފައެވެ.

ޚާއްޞަކޮށް ޢާއިލާތަކާއެކު ވީހާވެސް ގިނަ ކުޑަކުދިންނާއި ޒުވާނުން ބައިވެރިވުމަށް ރައީސްގެ ދެކަނބަލުން އެދިވަޑައިގަންވާކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. މުލީއާގެއަށް ވަނުމަށް ހަމަޖެހިފައިވަނީ މެދުޒިޔާރަތް މަގަށް ހުންނަ ބޮޑު ދޮރޯށިންނެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement