ފުރަތަމަ ކުއާޓާރގައި ރާއްޖޭގެ ފަތުރުވެރިކަމަށް 5 އިންސައްތާގެ ކުރިއެރުމެއް
ސަރުކާރުގެ އަމާޒަކީ މިއަހަރު 2.5 މިލިއަން ފަތުރުވެރިން ގެނައުން / ފޮޓޯ:އެމްއެމްޕީއާރުސީ

ފުރަތަމަ ކުއާޓާރގައި ރާއްޖޭގެ ފަތުރުވެރިކަމަށް 5 އިންސައްތާގެ ކުރިއެރުމެއް

3 days ago - 12:07
Mar 20, 2025 - 12:54

މިއަހަރުގެ ފުރަތަމަ ކުއާޓަރ ނިމުމާއެކު، ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 506,053 އަށް އަރައި، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 22,052 ފަތުރުވެރިން އިތުރު އަދަދެކެވެ. މިހާރު ރާއްޖެއަށް އެވްރެޖްކޮށް ދުވާލަކު 7,241 ފަތުރުވެރިން ޒިޔާރަތްކުރަމުންދާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ޤައުމުތަކަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ޗައިނާއިންނެވެ. އެ ގައުމުން  63,805 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، މިއީ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 12.6 އިންސައްތަކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ޖުމުލަ 51،466 ޓޫރިސްޓުންނާއި އެކު ޔޫކޭ ލިސްޓްގެ 2 ވަނާގައި އޮތް އިރު ، ލިސްޓުގެ ތިންވަނާގައި 51،439 ޓޫރިސްޓުންނާއި އެކު ރަޝިޔާ އޮތްކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށް 2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު މިއަހަރު ސަރުކާރުން އަމާޒު ހިފާފައި ވަނީ 2.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ.

Advertisement
Advertisement

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow