އުމްރާވެރިންނަށް ޑެބިޓް ކާޑުތަކަށް 1500 ޑޮލަރުގެ ލިމިޓް ހަމަޖައްސައިފި
އުމްރާވެރިންނަށް ޑޮލަރު ހޯދުމުގައި ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. ފޮޓޯ: ބީއެމްއެލް

އުމްރާވެރިންނަށް ޑެބިޓް ކާޑުތަކަށް 1500 ޑޮލަރުގެ ލިމިޓް ހަމަޖައްސައިފި

4 days ago - 12:12
Feb 17, 2025 - 12:28

އުމްރާވެރިންގެ ޑެބިޓް ކާޑަށް 1500 ޔޫއެސް ޑޮލަރުގެ ލިމިޓް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ހަމަޖައްސައިފިއެވެ.

 ބީއެމްއެލް އިން މިއަދު އާއްމުކުރި ބަޔާނުގައި ބުނީ، އަންނަ ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ 6 ދުވަހު އުމްރާއަށްދާ މީހުންގެ ޑެބިޓް ކާޑަށް 1500 ޔޫއެސް ޑޮލަރު ހަމަޖައްސާފައިވާކަމަށެވެ.

 އަލަށް ކަނޑައެޅި ޑޮލަރު ލިމިޓު ދޭނީ ކަސްޓަމަރުންގެ އެއް ޑެބިޓް ކާޑަށް ކަމަށާއި، އަދި އެލިމިޓު ބޭނުން ކުރެވޭނީ ހަމައެކަނި ސައުދީ އަރަބިއާގައި ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

 އާއްމު އުސޫލުން ޑެބިޓް ކާޑުތަކަށް 250 ޔޫއެސް ޑޮލަރުގެ ލިމިޓާއެކެ 1500 ލިމިޓު އިތުރުވުމުން، ރޯދަ މަހު އުމްރާވެރިންނަށް 1750 ޔޫއެސް ޑޮލަރުގެ ލިމިޓެއް މިފަހަރު ލިބޭނެއެވެ. އަދި ރާއްޖެއިން ބޭރަށް ފުރާ ފަރާތްތަކަށް ބީއެމްއެލް އިން އަބަދުވެސް ދޫކުރާ ނަގުދު 500 ޑޮލަރުވެސް އުމްރާވެރިންނަށް ލިބޭނެއެވެ.

Advertisement
Advertisement

 އުމްރާ ގްރޫޕެއް މެދުވެރިނުކޮށް އުމްރާއަށްދާ ފަރާތްތަކުން ފުރުމުގެ ފަސް ދުވަސް ކުރިން ބީއެމްއެލްގެ މޯބައިލް އެޕް މެދުވެރިކޮށް ޕާސްޕޯޓު ކޮޕީއާއި ޓިކެޓުގެ ކޮޕީ ފޮނުވުމުން ކާޑު ލިމިޓް ހަމަޖައްސައިދެވޭނެ ކަމަށް ބީއެމްއެލްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

 ކުރިއަށް އޮތް ރޯދަ މަހު އުމްރާއަށް ދާ ފަރާތްތަކަށް ޑޮލަރު ލިމިޓް އިތުރުކުރަން ނިންމެވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެދިވަޑައިގަތުމުގެ މަތީންނެވެ. މިމަހުގެ 10 ވަނަ ދުވަހު ރައީސް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 1446 ވަނަ އަހަރުގެ ރަމަޟާން މަހު އުމްރާއަށްދާ ދިވެހިންގެ ޑެބިޓް ކާޑަށް 1500 ޔޫއެސް ޑޮލަރުގެ ލިމިޓް އިތުރުކުރުމަށް ބީއެމްއެލް އާއި އެމްްއެމްއޭގައި އެދިވަޑައިގެންފައިވާ ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow