"ދިވެހި ސަގާފަތް" ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު  ފޮތް މައުރަޒުގައި

"ދިވެހި ސަގާފަތް" ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ފޮތް މައުރަޒުގައި

"ދިވެހި ސަގާފަތް" ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ފޮތް މައުރަޒުގައި ރާއްޖެ ތަމްސީލްކުރުމަށް ދިވެހިބަހުގެ އެކެޑަމީ މެދުވެރިކޮށް ދެ ބޭފުޅަކު މިސްރަށް ފުރައިފި

7 months ago - 11:12
Feb 4, 2024 - 12:17
Advertisement

މިސްރުގެ، ކައިރޯގައި ބާއްވާ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ފޮތް މައުރަޒުގައި ރާއްޖޭގެ ސަގާފަތުގެ ތެރޭ ހިމެނޭ މުހިންމު މަސައްކަތެއް ކަމަށްވާ ކަސަބު ވިޔުމާ ގުޅޭ މައުލޫމާތު ހިއްސާކޮށް، ރާއްޖެ ތަމްސީލްކުރުމަށް ދިވެހިބަހުގެ އެކެޑަމީ މެދުވެރިކޮށް ދެ ބޭފުޅަކު މިސްރަށް ފުރައިފިއެވެ.

ރާއްޖޭގެ ފަރާތުން މިސްރުގައި ކުރިއަށްދާ މި ބޮޑު މައުރަޒުގައި ހުށަހެޅުންތައް ހުށަހަޅުއްވާނީ ކަސަބު ވިޔުމުގެ މަސައްކަތް ކުރައްވައި، އެ ފަންނާ ގުޅޭ ދިރާސާތައް ކުރައްވާ މަރިޔަމް އީޝާ އަޒީޒާއި، ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމެވެ.

މި މައުރަޒުގައި، ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ އިތުރުން ކަސަބު ވިޔުމުގެ މަސައްކަތް ތަޖުރިބާކޮށްލަން ބޭނުންނަމަ އެ ފުރުސަތު ވެސް ލިބޭނެއެވެ.

އީޝާ މައުލޫމާތު ހުށަހަޅުއްވާނީ ކަސަބު ވިޔުމުގެ މަސައްކަތާ ގުޅޭގޮތުންނެވެ.

Advertisement

"އެއީ 300 އަހަރުވެފައި އޮތް ކްރާފްޓެއްވީމާ ބަދަލުނުވެ އޮތް ކްރާފްޓެއްވީމާ އެއީ،" ކަސަބު ވިޔުން ޚިޔާރުކުރެއްވި ސަބަބު ހާމަކުރައްވައި އީޝާ  ވިދާޅުވިއެވެ.

އީޝާ ވިދާޅުވީ ކަސަބު ވިޔެ އުޅުމުގައިި ގެންގުޅުނު ފަރުމާތަކާއި، ސިލްކު ރޫޓުގެ ތެރެއިން ރާއްޖެއަށް އެކި ފަންނުތައް އައި ގޮތަށް އަލިއަޅުއްވައިލައްވާނެކަމަށެވެ.

ޑރ. އަޝްރަފް ވާހަކަދައްކަވާނީ ލިޔުންތެރިކަމާއި، ތަރުޖަމާކުރެއްވުމުގައި އޭނާ ކުރައްވާ މަސައްކަތާއި، މިހާރު ޝާއިއުކުރައްވައިފައިވާ ފޮތާ ގުޅޭގޮތުންނެވެ.

ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ވިދާޅުވީ މި ފަދަ ބޮޑު މައުރަޒެއްގައި ރާއްޖޭގެ ސަގާފަތުގެ ވާހަކަދައްކައި، ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބުމަކީ ޝަރަފެއް ކަމަށެވެ.

"މިސްރު ކަހަލަ ގައުމެއްގައި ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ފޮތް މައުރަޒުގައި، ދިވެހިރާއްޖެ ކަހަލަ ކުޑަކުޑަ ގައުމަކުން އައިސް ދިވެހި ސަގާފަތް ތަމްސީލުކޮށްދެވޭ ކަމީ އަޅުގަނޑުމެން ދެ މީހުންނަށް ވެސް ލިބޭ ވަރަށް ބޮޑު ފަޚުރެއް،" ޑރ. އަޝްރަފް ވިދާޅުވިއެވެ.

މި މައުރަޒުގައި މި ދެ ބޭފުޅުން ހުށަހަޅުއްވާނީ މާދަމާއެވެ.

މިދިޔަ އަހަރު ވެސް މިސްރުގައި މި ފޮތް މައުރަޒު ބާއްވައިފައިވެއެވެ. މިދިޔަ އަހަރު މައުރަޒަށް ޖުމްލަ 3.7 މިލިއަން މީހުން 14 ދުވަހުގެ ތެރޭ ޒިޔާރާތްކުރިއެވެ. މި އަހަރުގެ ފޮތް މައުރަޒު މިހާރު ފެށިފައިވާއިރު ފާއިތުވި ނުވަދުވަހުގެ ތެރޭ 3.5 މިލިއަން މީހުންވަނީ މައުރަޒަށް ޒިޔާރަތްކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement