އޯޓީ ދިނުމުގައި ހުރިހާ ކުންފުނިތަކަކުން އެއް އުސޫލަކަށް އަމަލުކުރަން ޕީ.ސީ.ބީ އިން އަންގައިފި

އޯޓީ ދިނުމުގައި ހުރިހާ ކުންފުނިތަކަކުން އެއް އުސޫލަކަށް އަމަލުކުރަން ޕީ.ސީ.ބީ އިން އަންގައިފި

3 hours ago - 23:07
Advertisement
Advertisement

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށާއި، މާލީ ނިޒާމު އިތުރަށް ހަރުދަނާކޮށް ސިޔާސަތުތައް އެއްހަމަކުރުމުގެ ގޮތުން އިތުރުގަޑީގެ ފައިސާ ދިނުމާ ގުޅޭ އުސޫލުތައް އިސްލާހުކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) އިން އަންގައިފިއެވެ.


ޕީ.ސީ.ބީ އިން ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި އެ ކުންފުނިތަކުގެ ސަބްސިޑިއަރީތަކަށް ފޮނުވި ސާރކިއުލާގައި އިރުޝާދުދީފައިވަނީ، ހަފުތާއަކު 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރާ ވަގުތަށް އެކަނި އިތުރުގަޑީގެ ފައިސާ (އޯޓީ) ލިބޭގޮތަށް އުސޫލުތައް ބަދަލުކުރުމަށެވެ. މި ބަދަލުގެ މައިގަނޑު މަގުސަދަކީ އިތުރުގަޑީގެ މަސައްކަތް ބެލެހެއްޓުމުގައި ހުރިހާ ކުންފުންޏަކުންވެސް އެއްހަމަ އުސޫލަކަށް އަމަލުކުރުމެވެ.


މިހާރުވެސް އިތުރުގަޑީގެ ފައިސާ ދިނުމުގައި ވަކި މިންވަރެއް (ކެޕެއް) ކަނޑައަޅާފައިވާ ކުންފުނިތަކުން، އެ ކުންފުނިތަކުގެ މިހާރުގެ އުސޫލުތަކާއި މި އައު 48 ގަޑިއިރުގެ އުސޫލު އަޅާކިޔައި، ކުންފުންޏަށް މާލީގޮތުން އެންމެ ފައިދާހުރި އަދި ޚަރަދު ކުޑަ ގޮތެއް އިޚްތިޔާރުކުރުމަށް ވެސް ޕީ.ސީ.ބީ އިން ވަނީ އަންގާފައެވެ.


މި ނިންމުމުގެ ސަބަބުން ކުންފުނިތަކުގެ މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށްގެންދިއުމަށާއި، މުވައްޒަފުންގެ މެދުގައި މަސައްކަތްތައް ހަމަހަމައަށް ބެހުމަށާއި، ބޭކާރު ގޮތުގައި އިތުރުގަޑީގެ މަސައްކަތަށް ބަރޯސާވުން ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި އިތުރުގަޑީގެ ޚަރަދުތައް ހަރުދަނާކޮށް ބެލެހެއްޓުމުން، ކުންފުނީގެ މުހިންމު މަސައްކަތްތަކަށާއި ޚިދުމަތްތައް ރަނގަޅުކުރުމަށް އިތުރު ވަސީލަތްތައް ބޭނުންކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.


ޕީ.ސީ.ބީ އިން ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް، އަންނަ ޖުލައި މަހުގެ 30 ގެ ކުރިން ހުރިހާ ކުންފުނިތަކަކުން އޯޓީ ދިނުމުގެ އުސޫލަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ނިންމަންޖެހެއެވެ. މި އިސްލާހުކުރެވޭ އުސޫލުތަކަށް ކުންފުނިތަކުން އަމަލުކުރަން ފަށާނީ 1 އޯގަސްޓް 2026 އިން ފެށިގެންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement