2013 ވަނަ އަހަރު ބޭ އިންސާފުން ސިފައިންގެ ވަޒީފާއިން ވަކިކުރި މީހަކަށް 1.8 މިލިއަން ރުފިޔާ ދޭން ހުކުމް ކޮށްފި
ސިފައިންގެ ބޭކަލުން ތަކެއް މަގުމަތީގައި

2013 ވަނަ އަހަރު ބޭ އިންސާފުން ސިފައިންގެ ވަޒީފާއިން ވަކިކުރި މީހަކަށް 1.8 މިލިއަން ރުފިޔާ ދޭން ހުކުމް ކޮށްފި

15 ދުވަހުގެ ތެރޭގައި ފައިސާ ދޭން ޖެހޭ

1 month ago - 11:54
Aug 7, 2024 - 11:07
Advertisement

2013 ވަނަ އަހަރު ބޭ އިންސާފުން ސިފައިންގެ ވަޒީފާއިން ވަކިކުރި މީހަކަށް 1.8 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

މިމަހުގެ ފުރަތަމަ ދުވަހު ސިވިލް ކޯޓުން ޑިފެންސް މިނިސްޓްރީގެ މައްޗަށް ހުކުމް ކުރީ ދަފްތަރު ނަމްބަރު 2472 އަލީ ވަހީދަށް 15 ދުވަހުގެ ތެރޭގައި އެފައިސާ ދެއްކުމަށެވެ. އޭނާ ވަޒީފާއިން ވަކިކުރީ ސިފައިންގެ ޚިދުމަތުގައި 30 އަހަރު ހޭދަކޮށް ޝަރަފްވެރިކަމާއެކު ޚިދުމަތުން ރިޓަޔަރ ކުރަން ހުށަހަޅާފައި ވަނިކޮށެވެ. އޭނާ ވަކިކުރީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. ނަމަވެސް 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކޯޓް ހުކުމާ ގުޅިގެން އޭނާގެ ވަޒީފާ އިޔާދަކޮށްދިނެވެ. ބަދަލު ނަގައިދިނީ ވަކިކުރި ދުވަހުން ފެށިގެން އަލުން ވަޒީފާ އިޔާދަކުރި ތާރީޚާ ހަމައަށެވެ. 

ސިވިލް ކޯޓްގެ ހުކުމުގައި ބުނެފައިވަނީ އަލީ ވަހީދު ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ އަދުލުވެރިކަމާއި, އިޖުރާއީ އަދުލުވެރިކަން ޤާއިމް ކުރެވިފައި ނުވާކަމަށް ދައުލަތުން ސްޕްރީމް ކޯޓްގައި އިޤްރާރުވެފައިވާ ކަމަށެވެ. އަދި ވަޒީފާ އިއާދަކުރުމަށް ސްޕްރީމް ކޯޓުން ހުކުމް ކޮށްފައިވާ ކަމާއި, ބޭއިންސާފުން ވަކިކޮށްފައިވާތީ ބަދަލު ހައްގުވާ ކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅާފައިވާކަން ސިވިލް ކޯޓްގެ ހުކުމްގައި ފާހަގަކުރައްވާފައި ވެއެވެ. 

އަލީ ވަހީދު ވަޒީފާއިން ވަކިކުރި އިރު ހުރީ ސާޖަންޓް ފަސްޓް ކްލާސް ރޭންކްގައެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement